ވިލިމާލެއާއި ދިމާ ބޭރުގައި އޮތް ސަބްމެރިން އެއްގައި ހުރި ތިން ގޭސް ސިލިންޑަރު ގޮވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވިލިމާލެއާއި ދިމާލުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހުންނާއި އައިޖީއެމްއެޗްގައި ތިއްބަވާ ފުލުހުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

Ad
rt

މިރޭ 21:10 ހާއިރު ލިބުނު މި ރިޕޯޓާއި ގުޅިގެން ފުލުހުން ވަނީ އެކަން އިތުރަށް ބައްލަވާފައެވެ.

’’ފުލުހުން އިތުރަށް ބެލިބެލުމުން އެނގުނީ ވިލިމާލެއާއި ދިމާ ބޭރުގައި އޮތް ސަބްމެރިންއެއްގައި ހުރި ހަތަރު ގޭސް ސިލިންޑަރު ގޮވާފައިވާކަން’’

ފުލުހުން ވިދާޅުވިއެވެ.