ރޯމިން އަގުތަކުން ޑިސްކައުންޓް ލިބޭ އުރީދޫގެ ޕާސްޕޯޓެއް ތައާރަފުކޮށްފިއެވެ.

މި ޕާސްޕޯޓް ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން ކަންބޮޑުވުމެއް ނެތި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ރޯމިން ރޭޓްތަކުން 90 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

Ad
rt

މި ޕާސްޕޯޓަކީ 100އަށް ވުރެ ގިނަ 4ޖީ ރޯމިން ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200 އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ލިބޭ ސިމް ކާޑެކެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ޙިދުމަތެއް ކަމަށެވެ. އަދި މިއީ އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ހިދުމަތްތަކާއެކު ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކުވެސް، ހެޔޮ އަގުގައި ފަސޭހަކާމާއެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް."

ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ ޕޯސްޓްޕެއިޑް ރޯމިން ކަސްޓަމަރުން އަދި އަލަށް ރޯމިން އެކްޓިވޭޓް ކުރާ ކަސްޓަމަރުން އެންމެ ހެޔޮ އަގުގައި ރޯމިންގެ ޙިދުމަތް ހޯދަން މާލެ ސަރަހައްދުގެ ކޮންމެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ގޮސް އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެއެވެ. ޑޭޓާ ރޯމިންގް ހިދުމަތް ފަސޭހަކަމާއެކު *929*6# ގުޅާލައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން ފޯނުގައި "އޮޓޮމެޓިކް" ސިމް އެޕްލިކޭޝަން ސެޓިން ޙިޔާރު ކުރުމުން އުރީދޫ ޕާސްޕޯޓް ކަވަރޭޖް ލިބޭ ގައުމުތަކުގައި ރޯމިން ހިދުމަތް ބޭނުން ކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓް ސިމް އަމިއްލައަށް އެކްޓިވޭޓް ވެގެން ދާނެއެވެ.

އުރީދޫ ޕާސްޕޯޓް ސިމަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިން ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިން ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ޙިދުމަތް ބެނުންކުރެވޭނެއެވެ. ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭންއަކަށް ބަދަލުވާން ބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.