މ. މުލި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔަ ބިލްޑިން މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރަމުން އަންނަނީ ފަޔަ ބިލްޑިންގެ ޕްލާސްޓަރު އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 68 އިންސައްތަ މިހާރު ނިމިފައިވާ ކަމަަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ރަންވޭ ހިއްކުމުގެ މަސައްކަތުގެ 42 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!