ވަކި އުސޫލެއްގެ ދަށުން އިމްތިހާނަކާ ނުލައި ލައިސަންސް ދޫކުރެވޭ ގޮތް ހަދައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ވަކި ދާއިރާތަކަކުން ނޭޝަނަލް ސެޓްފިކެޓު 3 ޙާޞިލް ކުރާ ފަރާތްތަކަށް އިތުރު ތިއަރީ އިމްތިޙާނަކާ ނުލައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންއިން ލައިސަންސް ލިބޭނެ ކަމަށެވެ.
އޭގެ ތެރޭގައި ބަސް، ހެވީ ވެހިކަލް އޮޕަރޭޝަންސް އަދި ބޯޓު އޮޕަރޭޝަން ކަމަށް ބުނެފައިވެއެވެ.
އެގޮތުން ބަސް އޮޕަރޭޝަންސް އިން ނޭޝަނަލް ސެޓިފިކެޓް ހާސިލްކޮށްފައިވާނަމަ ލިބެނީ، ބީ ޒީރޯ ވިތް ޓްރެއިލާ، ބީ ވަން ވިތް ޓްރެއިލާ، ބީ ޓޫ ވިތް ޓްރެއިލާ އެވެ. ލައިސަންސް ކޯޑަކީ B2E, B1E, B0E އެވެ. ހެވީ ވެހިކަލް އޮޕަރޭޝަންސް އިން ނޭޝަނަލް ސެޓިފިކެޓް ހާސިލްކޮށްފައިވާނަމަ ލިބެނީ، ރޯޑް ރޯލަރ، ގްރޭޑަރ، ރޯޑް މާކަރ، ސްވީޕަރ، ލޯޑަރ، ކްރޭން، ފޯކްލިފްޓް ލައިސެންސް އެވެ. ލައިސަންސް ކޯޑަކީ V6, V5, V4, V3 V9, V8, V7 އެވެ.
މީގެ އިތުރުން ޕްރެކްޓިކަލް އަށް ދުއްވުމަށް ބޭނުންކުރާ އުޅަނދެއް ދުއްވާ ފާސްވުމުން އެ އުޅަނދެއް ހިމެނޭ ކެޓަގަރީ އެއްގެ ލައިސަންސް އަދި ކަނޑު އުޅަނދުގެ ލައިސަންސް 'ސީ' ނުވަތަ 'ޑީ' ކެޓަގަރީ އޮވެގެން ނެވި މީހާގެ ބެލުމުގެ ދަށުން އެ އުޅަނދެއްގައި އެއްއަހަރު ދުވަހު މަސައްކަތް ކޮށްފައިވާނަމަ ނިޔަމި ކަމުގެ ސަނަދު ލިބޭ ގޮތަށް ވެސް ވަނީ ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!