މާލޭގެ ތެރޭގައި ދުއްވަން ފަށާފައިވާ މިނީ ބަހަށް އުނަގޫވާގޮތަށް ޕާކުކޮށްފައި ހުރި 500 އަށް ވުރެ ގިނަ އުޅަނދު ޖޫރިމަނާކޮށްފިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ މިދިޔަ ހަފްތާގައެވެ. އޭގެ ކުރިން މާލޭގެ މަޖީދީ މަގުގާއި އަމީނީ މަގުގައި ޕާކުކުރުން ވަނީ އެއްކޮށް މަނާކޮށްފައެވެ. އަދި މީގެ އިތުރަށް މާލެ ސަރަހައްދުގައި ބަސް ދުއްވަން އުނދަގޫވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރޭތޯ ބަލަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެއެވެ.

Ad
rt

ފުލުހުން ބުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 538 ވަޔަލޭޝަން ސްޓިކާ ޖަހާފައިވާއިރު 30 ސައިކަލާއި އެއް ކާރު ޓޯ ކުރި އެވެ.

ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށް ތިން ރޫޓަކަށް މާލޭގައި ބަސް ދަތުރުކުރާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފަ އެވެ.