އެސްޓީއޯ މަކިޓާ ހެއްޔާ މުބާރާތް އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް ބާއްވަން އެފަރާތުން ނިންމައިފިއެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިޔަ މަކިޓާ ހެއްޔާ މުބާރާތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތުތަކާއެކު ކުރިއަށްގެންދިޔަ މުބާރާތެކެވެ.

Ad
rt

މި މުބާރާތުގެ ވަނަ ވަނައަށް ގޮސްފައިވާ ފަރާތްތަކަށް އިނާމު ހަވާލުކުރުމަށް ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މަކިޓާ ކުންފުނީގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތް ގެންގޮސްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.މި މުބާރަތުގެ ވަނަ ހޮވާފައިވަނީ ޖަޖުންގެ 50 ޕަސެންޓް މާކްސް އަދި ފޭސްބުކް ލައިކްގެ 50 ޕަސެންޓަށް ބަލައިގެންނެވެ.

މި އަހަރު ބެއްވި މިމުބާރާތުގެ އެއްވަނަލިބިފައިވަނީ ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކޮށްފައިވާ މާޒް ސަލީމަށްށެވެ. އެއްވަނަ ފަރާތައް އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފައެވެ.

މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރ އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއްކަމަށްވާ އަހުމަދު ޝަފީއު މަހުމޫދުއެވެ.

މި މުބާރާތާއެކު ކުރިޔަށް ގެންދިޔަ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 ޕަސެންޓާއި ހަމައަށް ކަސްޓަމަރުންނަސް ޑިސްކައުންޓް ދީފައިވެއެވެ.