އިނގިރޭސިވިލާތުގައި އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ރާނީ ކުއީން އެލިޒަބަތު 2 އަވަހާރަވެއްޖެ އެވެ.

ރާނީ އަވަހާރަވިކަން ޝާހީ އާއިލާއިން ވަނީ ރަސްމީކޮން އިއުލާންކޮށްފަ އެވެ. ބަކިންހަމް ޕެލަސް އިން ހާމަކޮށްފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

Ad
rt

އެކަމަނާ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ސްކޮޓްލެންޑުގެ ގަނޑުވަރެއް ކަމަށްވާ ބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ހާލުކޮޅު ގޯސްވެ ފަރުވާ ދެމުން ދަނިކޮންނެވެ. އެކަމަނާ އަކީ އިނގިރޭސިވިލާތުގައި 70 އަހަރު ވަންދެން ރަސްކަން ކުރެއްވި ބޭކަނބަލެކެވެ. ރާނީ އަވަހާރަވިއިރު އެކަމަނާގެ ހުރިހާ ބޭފުޅުން ވެސް ވަނީ ސްކޮޓްލެންޑްގައި ހުންނަ ބެލްމޯރަލް ކާސަލްއަށް ވަޑައިގެންފަ އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ވެސް ރާނީ އަވަހާރަވިއިރު ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. މީގެ އިތުރުން މާމަ ވިދާޅުވާ 8 ބޭފުޅުންނާއި މުނިމާމަ ވިދާޅުވާ 12 ބޭފުޅުން އެބަތިއްބެވި އެވެ.

އެލިޒަބަތަށް ރާނީގެ ތަޚުތު ލިބިވަޑައިގަތީ އުމުރުފުޅުން 27 އަހަރުގައި ޖޫން 1953 ގަ އެވެ.

ރާނީ އަވަހާރަވުމުން ރަސްކަމުގެ ތަހުތާ ހަވާލުވެވަޑައިގަންނަވާފައިވަނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. އުމުރުފުޅުން 73 އަހަރު ޗާލްސްއަކީ ޕްރިންސަސް ޑަޔާނާގެ ކުރީގެ ފިރިކަލުންނެވެ. ޗާލްސްއަށްފަހު ރަސްކަމުގެ ތަޚުތު ދެން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށެވެ. އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތު އޮންނާނީ ރާނީ ނުވަތަ ރަސްކަލުންނަށެވެ.

ރާނީ ރާއްޖެއަށް ޒިޔާރަތެއް ކުރެއްވީ 1972 ވަނަ އަހަރުގަ އެވެ.