ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރަށްރަށުގެ ޖަގަހަތަކަށް ޓީވީ ދޫކުރަން ފަށައިފި އެވެ.

އެޕާޓިގެ ޗެއާޕާސަން ނައިބް، އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެމްޑީޕީއިން ރަށްރަށުގެ ޖަގަހަތަކަށް ދޫކުރާ ޓިވީ ތައް ދާއިރާތަކުގެ ރައީސުންނާއި ހަވާލުކުރުން މިހާރު ކުރިއަށް ދާކަމަށެވެ. އެގޮތުން ބައެއް ދާއިރާތަކުގެ ރައީސުން ނާއި ޓީވީ ހަވާލު ކުރައްވާ އެފޮޓޯތައްވެސް ވަނީ އާންމުކުރައްވާފަ އެވެ.

Ad
rt

ރަށްރަށުގެ ޖަގަހަތައް އަލުން އާބާތުރަ ފިލުވައި ސިޔާސީ ހަރަކާތްތައް އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު އެޕާޓީއިން ޖަހަގަ ތަކަށް ފޮނުވަމުން އަންނަނީ ޓީއެލްސީގެ 65 އިންޗީގެ ބޮޑު ޓީވީއެކެވެ.

އެމްޑީޕީ ގެ ޗެއާޕާސަން ކަމަށް މިފަހުން އިންތިހާބުވެވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަކީ ރަށްރަށުގައި ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް "ހިންގާލަން" ވައުދުވެވަޑައިގެން ފޯރިގަދަ ކެންޕެއިންއެއް ކުރެއްވުމަށްފަހު އިންތިހާބުވި ބޭފުޅެކެވެ.

އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެއްވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިހެން އެޕާޓިގެ ގޮފިތަކާއި ޖަގަހަތައް އަންނަނީ ހިންގަމުނެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށްވުމާއިއެކު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް އަންނަނީ ރަށްރަށުގައި ސިޔާސީ ހަރަކާތްތައް ފުޅާކުރުމަށް ތައްޔާރުވަމުންނެވެ.