ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީގެ ސުލޫކީ މައްސަލައެއް ބަލަން އުޅޭތީ އޭނާ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި އެ ކޮމިޝަނުން ބަލަން ނިންމާފައި ވަނީ އަޙްމަދު ސަޢީދު ޢަލީ، އެ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ބެލުމަށް ނިންމައި ތަހުގީގީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަން އެ ކޮމިޝަނުން ހާމަކުރީ މިއަދުއެވެ.
މައްސަލަ ބަލަން ނިންމުމާއި އެކު ސައީދު ވަނީ އިސްތއިުފާދެއްވާފައެވެ.
އެކަމަކު އޭނާ އިސްތިއުފާދެއްވި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!