ބޭސްފިހާރަތަކުން ދޫކުރާ ބޭސްތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ އެކަމެއް އާސަންދަ ކުންފުންޏަށް ރިޕޯޓުކުރަން އެ ކުންފުނިން އެިއްޖެއެވެ.
އެ ކުންފުނިން މިހެން ބުނެފައި މިވަނީ މުއްދަތް ހަމަވާން ގާތްވެފައިވާ ބޭސްތަކެއް ބައެއް ބޭސްފިހާރަތަކުން ދޫކުރާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައިވަނިކޮށެވެ.
އެކަމާ ގުޅިގެން އާސަންދަ ކުންފުނިން ވަނީ ބޭސް ނަގާއިރު މުއްދަތު ހަމަވާ ތާރީހު ރަނގަޅަށް ބެލުމަށް އިލްތިމާސްކޮށްފައެވެ. އަދި ތާރީހު ފެންނަން ނެތް ނަމަ ބޭސް ނުނެގުމަށް ވެސް އެދިފައިވެއެވެ.
މީގެ އިތުރަށް ފާމަސީތަކުން ދޫކުރަނީ ބޭސް ސިޓީގައިވާ ބޭސްތޯ ރަނގަޅަށް ބަލައި، އެއްވެސް މައްސަލައެއް ނެތް ކަން ޔަގީންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އާސަންދަ ކުންފުނީގެ އެޕްލިކޭޝަނެއް ވެސް މިހާރު ހަދާފައިވާއިރު، އެ ކުންފުނިން ބުނީ ބޭހުގައި އެއްވެސް މައްސަލައެއް ހުރި ނަމަ އެ އެޕްލިކޭޝަން ނުވަތަ ސޯޝަލް މީޑިއާއާއި، ޗެޓްލައިން ނަމްބަރު މެދުވެރިކޮށް އަންގައިދިނުމަށް އެދޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!