މި އަހަރުގެ ދެވަނަ ވިޔަވަތި ކޮންފަރެންސް މި މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލްކޮށްފިއެވެ.

ވިޔަވަތި ކޮންފަރެންސް އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ލ. ގަމުގައެވެ.

މި ބައްދަލުވުމުގައި ބާއްވާ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، ގެ ރަށްރަށާއި އަތޮޅު ކައުންސިލްގެ ރައީސުން އަދި ފުވައްމުލަކާއި އައްޑޫ މޭޔަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރަށް އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިން މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކަށް. އެއީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުމެވެ.