News
ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރި އަބީރް ނިއުޔޯކްގެ ސެނެޓް ގޮނޑި ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް
އެމެރިކާގެ ނިއުޔޯކް ސްޓޭޓް ސެނެޓުގެ ގޮނޑި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައި، އަބީރް ޤަވާސް ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އޭނާ ވެގެން ގޮސްފައިވަނީ އެ ސްޓޭޓްގެ މަޖިލީހަށް އިންތިޚާބުވި ފުރަތަމަ ފަލަސްތީން-އެމެރިކާ ބުރުގާ އެޅި މެންބަރަށެވެ.