News
ނ. މާފަރާއި ފޮއްދޫގެ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި
ނ. މާފަރާއި އެ އަތޮޅު ފޮއްދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒުތައް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. މި ދެ މަރުކަޒު ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހްސާން އަދި ސީޕީ އަހްމަދު މުހައްމަދެވެ.