ގޮތް ދޫކޮށް ގާސިމް ފަހަތަށް އަރަން ނިހާން، ސަރުކާރަށް ގޮވާލައިފި
ގޮތް ދޫކުރުމަށްފަހު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އެރުމަށް ގާސިމް އެޑްވައިޒާރ އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން މި ސަރުކާރަށް ގޮވާލައްވައިފިއެވެ. އޭނާ މިފަދައިން ގޮވާލެއްވީ ރިޔާސީ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ނިހާން ވިދާޅުވީ މިސަރުކާރުގައި ނޫނީ ރައްޔިތުންގެ މަޖިލީސް ސަރުކާރަކަށް ލިބިފައި ނުވާ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު ދެވަނަ ދައުރެއް ރައްޔިތުން ދޭން އެމްޑީޕީން ބުނ...