ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ކުރައްވައިފިއެވެ. ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސް މުޢިއްޒު ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ގަވަރުނަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން 22 ޖުލައި 2024 ވަނަ ދުވަހާއި ހަމައަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ...