''އަންނަ އަހަރު ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރަ ލިބެން ފަށާނެ''
އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ލިބެން ފަށާނެ ކަމަށާއި، އޭގެ އިތުރުން ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރައާއި އިނާޔަތްތައް ދިނުމާއި، އެވޯޑު ދިނުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާ މެދު ބައެއް...