ފުނަދޫ އާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ގާޒީން އައްޔަން ކުރައްވައިފި
ށ. ފުނަދޫ އާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށްމ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީން އައްޔަނުކޮށްފި އެވެ. ކުޑަހުވަދޫ ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ. ފުނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނައީމް އެވެ. މީގެތެރެއިން އަލްއުސްތާޛު ޔާސިރު މުޙައްމަދަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވައި، ޝަރުއީ ދާއިރާ ގައި ތިން އަހަރު ހޭދަކުރައްވާފައިވާ […]