Thiladhunmathi News
ފެޑާ އިން ފޭދޫ ސްކޫލް އަށް ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފި
ށ. ފޭދޫ ތިމާވެށީގެ ތަރައްގީއަށް މަސައްކަތްކުރާ ‘ފޭދޫ އެންވާރަމެންޓް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (ފެޑާ)’ އިން އެރަށު ސްކޫލަށް ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފި އެވެ. ފޭދޫ ޒުވާނުންގެ ފަންޑާއި ގުޅިގެން ފޭދޫ ސްކޫލަށް ހަދިޔާ ކުރި މި ޑިޖިޓަލް ނޯޓިސް ބޯޑާއި އެކު އެއަށް ބޭނުންވާ ހުރިހާ ވަޞީލަތެއްވެސް ފެޑާ އިންވަނީ އެ ސްކޫލާ ހަދިޔާކޮށްފައެވެ. އަދި ނޯޓިސް ބޯޑުގެ ސެޓަޕް ހަދާފައިވަނީ ވެސް ފެޑާ އިންނެވެ. ފެޑާގެ ރައީސް އަޙްމަދު ސާމީ ‘ތިލަދުން’ އަށް މައުލޫމާތު […]