މިސާލު ބަސް 3: "ތީފަރިދޫ ކަށިކޭލަށް ނަރުއަރާހެން"
ބައެއް މިސާލުބަސްތައް ބައެއް ރަށްރަށާއި ގުޅިފައިވާ ފަދައިން ބައެއް މިސާލުބަސްތައް ގުޅިފައިވަނީ ބައެއް މީސްމީހުންގެ ނަންނަމާއެވެ. މިހެން ވުމުގެ ސަބަބުން މިފަދަ ބަސްތައް މިސާލުބަސް ގޮތުގައި ކިޔައި އުޅުމުން އެއީ އެރަށަކަށް ނުވަތަ އެ މީހަކަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ މަލާމާތަކަށްވުރެ ބޮޑަށް ފަޚުރެކެވެ. ސަބަބަކީ އެކަންކަމުގެ ސަބަބުން ދިވެހިބަހަށް ކުރިއެރުންތަކެއް ލިބިގެން ދާދިއުމެވެ. ކަށިކޭލަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާއެވެ. ރާ...