އިމިގްރޭޝަންގެ "އިހެމާ" ޕްރޮގްރާމް އިފްތިތާހްކޮށްފި
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންގެ ހުނަރާއި، ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް “އިހެމާ” އިއްޔެ އިފްތިތާހް ކޮށްފިއެވެ. އިމިގްރޭޝަންއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ އިމިގްރޭޝަން އޮފިސަރުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށާއި، އާންމުންނަށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށާއި އަދި ރައްޔިތުންނާއި އޮންނަ ގާތްކަން ހަރުދަނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ...