Raajje
ހަނިމާދޫ، ގަން އަދި މާފަރު އެއާޕޯޓުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށް ފިރާގުގެ ވިސްނުން
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިޔަވައި ރާއްޖޭގައި މިހާރު ހިންގާ އިންޓަރނޭޝަނަލް އަނެއް ތިން އެއާޕޯޓް ކާމިޔާބު ކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ކަމަށްވާ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ވިސްނުން ހިއްސާކުރައްވައިފިއެވެ. މި ވިސްނުމުގެ މައިގަނޑު އަމާޒަކީ ހަނިމާދޫ، ގަން އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްތަކުން އެކަށޭނަ ނަފާވެރިކަން ލިބިދިނުމަށްޓަކައި ތަފާތު އުސްލޫބެއް (ސްޓައިލެއް) ބޭނުންކުރުމެވެ. އެންމެ ފަހުން ތަރައްޤީކޮށް ހުޅުވި ހަނިމާދޫ އިންޓަރނޭ...