News
މީރާ މެދުވެރިކޮށް ވަޤުފު ފަންޑަށް އަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ވަޤުފު ފަންޑަށް މިއަހަރުގެ މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްޤީކޮށް، އެ ފަންޑަށް އެހީވުމަށް މީރާގެ ވެބްސައިޓް މެދުވެރިކޮށް ޤާއިމުކުރެވުނު ވަޤުފުކުރުމާއި ޞަދަޤާތްކުރުމުގެ ލިންކުތަކުން ބޮޑު ތަރުޙީބެއް ލިބ...