ރަކީދޫގައި ތަރައްގީކުރި ބަނދަރު، ރައީސް ހުޅުވައިދެއްވައިފި
ސަރުކާރުން ވ. ރަކީދޫގައި ތަރައްގީކުރި ބަނދަރު، ރައީސް ހުޅުވައިދެއްވައިފިއެވެ. މި ބަނދަރު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މުލަކަތޮޅަށާއި ފެލިދެއަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު ރަކީދޫ އަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ވެސް ފާހަގަކޮށްދެއްވާފައެވެ. ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެ...