އީޔޫއިން އިސްރާއީލާއެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުން މެދުކަނޑާލުމަށް ސްޕެއިނުން ގޮވާލައިފި
އިސްރާއީލުން ލުބުނާނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، ވިލާތުގެ އިއްތިހާދު (އީޔޫ) އިން އިސްރާއީލާއެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުން މެދުކަނޑާލުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފިއެވެ. ބުދަ ދުވަހު ބޮޑުވަޒީރު ސަންޗޭޒް ކުރެއްވި މި އިލްތިމާސާއެކު، ހަނގުރާމައިގެ މައްސަލާގައި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ގެންގުޅެމުން އައި އެއްގަލަށް އެރުމުގެ ސިޔާސަތަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ސަންޗޭޒް ބާރުއަޅުއްވަނީ 1995 ވަނ...