ރިޓަޔާކޮށް ތިއްބެވި އިސްރައްވެހިންނަކީ، ބަޖެޓަށް އޮތް ތަކްލީފެއްކަމަށް ދެކިގެން ނުވާނެ: އަސްރާ
އެތައް އަހަރެއް ވަންދެން ގައުމަށް ހިދުމަތްކޮށްދެއްވުމަށްފަހު ވަޒީފާއިން ރިޓަޔާކޮށްގެން ތިއްބެވި އިސްރައްވެހިންނަކީ، ޤައުމުގެ ބަޖެޓަށް އޮތް ތަކްލީފެއްކަމަށް ދެކިގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ. އަސްރާ މިހެން ވިދާޅުވީ، “ރައްޔިތުންގެ އުދާސް” ނަމުގައި އެމްއެންޕީން މިރޭ ކުރިއަށްގެންދާ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަސްރާ ވިދާޅުވީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖްލިސްގެ ޖަލްސާ ބައްލަވަން އޭނާ...