Business
ކުރީ ސަރުކާރުން މަޝްރޫއުތައް ފަށާފައިވަނީ ފައިސާނެތި، ސިޔާސީ ބޭނުމަށް: ޒިޔާދު
ކުރީގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ފަށާފައިވަނީ ފައިސާ ނެތި ސިޔާސީ ބޭނުމަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސިއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ. ޒިޔާދު މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރައްދު ދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ ސަރުކާރުން ހާއްސަކޮށް އަތޮޅު ތެރޭގައި ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ހެން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ށ. މާއުނގޫދޫގައި އޮތް އެމް...