އީރާނުގެ ހައްޖުވެރިން އެނބުރި ގައުމަށް ދާން ފަށައިފި
މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު، އީރާނުގެ ހައްޖުވެރިން އެނބުރި ގައުމަށް ދިއުމުގެ ދަތުރުތައް ހޯމަ ދުވަހު ފަށައިފިއެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުން ހައްޖުވެރިންނަށް ފޯރުކޮށްދިން ފުރިހަމަ އިންތިޒާމުތަކާއި ހިދުމަތްތަކާއެކު، އީރާނުގެ ހައްޖުވެރިން ވަނީ ހައްޖުގެ މަނާސިކުތައް ފުރިހަމަކޮށްފައެވެ. ސައުދީ އަރަބިއްޔާގައި ހުންނަވާ އީރާނުގެ ސަފީރު ޑރ. އަލީރޭޒާ އިނާޔަތީ ވިދާޅުވި ގޮތުގައި، މިއަހަރު އީރާނުން ގާތްގަނޑަކަށް 30،000 ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ. “ވަ...