އެމެރިކާ-އިސްރާއީލުން އަލުން ހަނގުރާމަ ފަށައިފިނަމަ ބައިވެރިންގެ އެއާޕޯޓްތަކާއި ތެޔޮ ހޮޅިތައް ސުންނާފަތިކޮށްލާނަން: އީރާން
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަލުން ވައިގެ ހަމަލާތައް ދޭން ފަށައިފިނަމަ، އެމެރިކާގެ އަސްކަރީ ތަންތަން ހުރި ގަލްފުގެ އަވައްޓެހި ގައުމުތަކުގައި ހުރި އެއާޕޯޓްތަކާއި، ތެޔޮ ހޮޅިތަކާއި އާންމު އެހެނިހެން ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިންޒާރު އީރާނުން ވަނީ ފާޅުކަން ބޮޑު ގޮތެއްގައާއި ސަރަހައްދީ މެދުވެރިން މެދުވެރިކޮށް ސިއްރު ޑިޕްލޮމެޓިކް ވަސީލަތްތަކުން ދީފައެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ މަރުކަޒު...