މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އަޙްމަދު ޝިޔާމް (ނައިފަރު ދާއިރާ)

64 Stories filed
ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމާއި މެދު ސުވާލު އުފައްދައިފި
Raajje

ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމާއި މެދު ސުވާލު އުފައްދައިފި

700 މިލިއަން ޑޮލަރު ހޭދަކޮށްފައި ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫޢުއާއި މެދު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ސުވާލު އުފަށްދަވައިފިއެވެ. ޝިޔާމް މިގޮތަށް ސުވާލު އުފެއްދެވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމ...

ޑޮލަރު ނުލިބި، ޑޮލަރު ހޯދަން ފައިސާ ދުވަނީ: ޝިޔާމް
Raajje

ޑޮލަރު ނުލިބި، ޑޮލަރު ހޯދަން ފައިސާ ދުވަނީ: ޝިޔާމް

މިހާރު ޑޮލަރު ނުލިބޭ ކަމަށާއި، ޑޮލަރު ނުލިބިގެން، ޑޮލަރު ހޯދަން ފައިސާ ދުވުމުގެ ސަބަބުން އެއްޗެހީގެ އަގު އިންތިހާއަށް ބޮޑުވަމުން ދާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ، ކޯވިޑްގެ ހާލަތުގައި ކުދި ފަންތިއާއި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން ހުށަހަޅުއްވާފަ...

މިއަދު ޑޮލަރެއް ލިބުނީ 19 ރުފިޔާއަށް: އެމްޕީ ޝިޔާމް
Raajje

މިއަދު ޑޮލަރެއް ލިބުނީ 19 ރުފިޔާއަށް: އެމްޕީ ޝިޔާމް

މިއަދު ޑޮލަރެއް ގަންނަން ލިބުނީ 19 ރުފިޔާއަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅު ވެއްޖެއެވެ. ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރަށް ޝިޔާމް މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ. ޝިޔާމް ވިދާޅުވީ މަޖިލީހުގެ އިގުތިޞާދީ ކޮމެޓީގެ ބައްދަލު ވުމެއްގައި، އެމްއެމްއޭގެ ގަވަރުނަރު އަރިހު “ފައިސާ ޗާޕު ކުރަށްވާނަންތޯ” އޭނާ އެއްސެވި ކަމަށެވެ. ޖަވާބުގައި “ތިމަންނަ ނުކުރަށްވާނެ ކަމަކީ ފައިސާ ޗާޕްކުރުން ކަމަށް” ގަވަރުނަރު ވިދާޅުވި ކަމަށް، ޝިޔާމް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރު...

ކުއްލި މައްސަލަ އެޖެންޑާ ކުރެވޭތޯ މަސައްކަތް ކުރާތާ ތިން ދުވަސް ވެއްޖެ: އެމްޕީ ޝިޔާމް
Raajje

ކުއްލި މައްސަލަ އެޖެންޑާ ކުރެވޭތޯ މަސައްކަތް ކުރާތާ ތިން ދުވަސް ވެއްޖެ: އެމްޕީ ޝިޔާމް

ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭ އެލަވަންސް އަދިވެސް ދީފައި ނުވާތީ، އެކަން އަވަސް ކުރުމަށް ގޮވާލައި، ނައިފަރު ދާއިރާ މެމްބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާ ކުރެވޭތޯ މަސައްކަތް ކުރަށްވާތާ 3 ދުވަސް ވެއްޖެ ކަމަށް ޝިޔާމް ވިދާޅުވެއްޖެއެވެ. ރޭ ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭ އެލަވަންސް އަދިވެސް ދީފައި ނުވާތީ، އެކަން އަވަސް ކުރުމަށް ގޮވާލައި، އޭނާ...