ފިޔަވަތީގައި ރޭގައި ހިނގި ހާދިސާގައި ކުއްޖަކަށް އަނިޔާނުވާކަން ކަށަވަރުކޮށްދީފި
ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާގައި ކުއްޖަކަށް އަނިޔާ ލިބިފައި ނުވާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ބުނެފިއެވެ. އެ ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާ އެ ސާވިސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންގެ ދިރިއުޅުމުގެ މަރުހަލާތަކުގައި...