ރަައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނީ ވަރަށް ކޮށްދޭ ހިތުން: ޑރ. މުއިއްޒު
ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނީ ވަރަށް ކޮށްދޭ ހިތުން ކަމަށް ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރ. އިންނަމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެރަށުގެ ތަރައްގީ އަށް ކުރެވެންހުރި ހުރިހާ ކަމަކަށް ވެސް ފުރިހަމަ އިޖާބައެއް ދެއްވާނެ ކަމަށާއި އެރަށުގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދީ ޚިދުމަތ...