އެމްޑަބްލިއުއެސްސީއިން ކުޑަފަރީގެ ފެނާ ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި
މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށްވާ، ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހާކޮށްފިއެވެ. މިމަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ، ކުޑަފަރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި މަސައްކަތް އިފްތިތާޙް ކޮށްދެއްވުމުގައި އެމްޑަބްލިއުއެސްސީ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހާއި، ޗެއާމަން އަޙްމަދު މައުސޫމާއި، ކުޑަފަރި ރައްޔިތުންގެ މަޖިލިސްގައި ތަމްސީލުކުރަށްވާ ކެނދި...