ދަނޑުހައްދާ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް
ގދ. ގަމުގައި ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައެއްގައި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ގދ. ގައްދޫ، ނޫރީގެ، އުމުރުން 37 އަހަރުގެ އަލީ ޝަޒީނުގެ މައްޗަށެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް މި ހުކުމް އިއްވާ...