މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ހުޅުމާލޭ ފިހާރައަކުން އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި އަތުލައިގެންފި
Raajje

ހުޅުމާލޭ ފިހާރައަކުން އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި އަތުލައިގެންފި

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، އެ ފިހާރަ ބަލައިފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތު ދައުރުވުމާ ގުޅިގެން އެ އިދާރާއިން އެކަން ބަލަން ފެށި ކަމަށެވެ. އެގޮތުން، […]

ދޮރު ވައްޓާލައި ފުލުހުން ވަތްއިރު މަސްތުވާތަކެތި ހުރީ ހާމައަށް މޭޒުމަތީގައި
Raajje

ދޮރު ވައްޓާލައި ފުލުހުން ވަތްއިރު މަސްތުވާތަކެތި ހުރީ ހާމައަށް މޭޒުމަތީގައި

ވިލިމާލޭގައި ފުލުހުން އިއްޔެ ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ރާއްޖޭގެ މަގުބޫލު ތިން ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި މީހުން ތިބި ކޮޓަރިއަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަތްއިރު، އެތަނުގައި ހުރި މޭޒެއްގެ މަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމުރުން ހާމަވެއްޖެ އެވެ. މި މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ […]

ބަޔަކު މާލޭ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ބަލަނީ
Raajje

ބަޔަކު މާލޭ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ބަލަނީ

މާލޭގެ ގެއަކަށް ވަދެ ބަޔަކު ފޭރުނު މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ ރޭގައެވެ. ”މާލެ، ގަލޮޅުގަައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން” ފުލުހުން ބުނެފަވެއެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ފަހުން ހިއްސާނެ ކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ. މިހާދިސާއާއި ގުޅިގެން މީސް މީޑިއާގައިދައުރުވާ ފުލުހުން އަދި ކަށަވަރުނުކޮށްދޭ މައުލޫމާތުގައިވާގޮތުން މާލޭ ގެއަކަށް ފޭރުމަށް ބަޔަ...

ސޯސަން މަގު އެކްސިޑެންޓް: ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ސޯސަން މަގު އެކްސިޑެންޓް: ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

މާލޭގެ ސޯސަން މަގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސ...

ބްރިޖް ހައިވޭގައި އަނެއްކާވެސް އެކްސިޑެންޓެއް
Raajje

ބްރިޖް ހައިވޭގައި އަނެއްކާވެސް އެކްސިޑެންޓެއް

ސިނަމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓުބަރު 08 ވަނަ ދުވަހުގެ ހަވީރު 16:55 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓ...

ފުލުހުންގެ ކުއްލި އޮޕަރޭޝަނެއް: ފިލްމީ ދާއިރާގެ 3 މީހަކު ހިމެނޭހެން 4 މީހަކު ހައްޔަރުކޮށް ބަލައިފާސްކުރަނީ
Raajje

ފުލުހުންގެ ކުއްލި އޮޕަރޭޝަނެއް: ފިލްމީ ދާއިރާގެ 3 މީހަކު ހިމެނޭހެން 4 މީހަކު ހައްޔަރުކޮށް ބަލައިފާސްކުރަނީ

ވިލިމާލޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، ބަލައިފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ވިލިމާލޭގައި ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ދަނީ ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ހަތަރު ފިރިހެނުނ...

ފުލުހުން އަތުލައިގަތް 2،500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި
Raajje

ފުލުހުން އަތުލައިގަތް 2،500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލި މި ތަކެއްޗަކީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާ ކަމަށެވެ. މި ތަކެތި ނައްތާލުމުގެ ހަރަކާތް ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު ނައްތާލި ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 500 އެމްއެލްގެ 2،547 ފުޅި […]

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވި ނަމަވެސް ސީރިއަސްއެއް ނޫން
Raajje

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވި ނަމަވެސް ސީރިއަސްއެއް ނޫން

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން މިރޭ ބުނީ، ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަވީރު 16:50 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ […]

ތިން މަސް ވަންދެން މީހަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތު، ފުލުހުންގެ ތަހުގީގެއް ފަށައިފި
Raajje

ތިން މަސް ވަންދެން މީހަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތު، ފުލުހުންގެ ތަހުގީގެއް ފަށައިފި

ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހެނދުނު 06:00 އެހައިކަންހާއިރު ކަމަށެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ ކަސްރަތަށް ނުކުމެ އުޅުނު...

އެކްސިޑެންޓްވީ ވަގަށް ނަގާފައިވާ ސައިކަލަކަށް ތިން މީހުން އަރައިގެން ދުއްވަނިކޮށް، 4 މީހެއްގެ ހާލު ސީރިއަސް
Raajje

އެކްސިޑެންޓްވީ ވަގަށް ނަގާފައިވާ ސައިކަލަކަށް ތިން މީހުން އަރައިގެން ދުއްވަނިކޮށް، 4 މީހެއްގެ ހާލު ސީރިއަސް

ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވި ހާދިސާގައި އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައެވެ. ދެ ސައިކަލު ޖެހި ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް ވަގުތުން ފަރުވާ ދޭން ފަށާފައިވެއެވެ. މި ހާދިސާގައި އަނިޔާވި ފަސް […]

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: ފަސް މީހަކަށް އަނިޔާވެ ފަރުވާދެނީ
Raajje

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: ފަސް މީހަކަށް އަނިޔާވެ ފަރުވާދެނީ

ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މިއަދު ހެނދުނު މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ މެންދަމު 2:55 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. މި...

ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމާއި ހުއްދަނެތި ބޭންކިންގ ހިންގި މައްސަލައެއްގައި ފުލުހުންގެ ރެއިޑެއް
Raajje

ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމާއި ހުއްދަނެތި ބޭންކިންގ ހިންގި މައްސަލައެއްގައި ފުލުހުންގެ ރެއިޑެއް

ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން މިރޭ ހާމަކުރި ގޮތުގައި، މިއީ އެ އިދާރާގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހިންގި ހަރަކާތެކެވެ. ފުލުހުންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން މި އޮޕަރޭ...

ރިސޯޓެއްގެ މޫދުން ހަބަރު ހުސްވެފައި އޮއްވާ ފެނުނު ދެ ފަތުރުވެރިން މަރުވެއްޖެ
Raajje

ރިސޯޓެއްގެ މޫދުން ހަބަރު ހުސްވެފައި އޮއްވާ ފެނުނު ދެ ފަތުރުވެރިން މަރުވެއްޖެ

ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މޫދަށް އެރި އުޅެނިކޮށް ހަބަރު ހުސްވެފައި އޮއްވާ ފެނުނު ޗައިނާގެ ދެ ފަތުރުވެރިން މަރުވެއްޖެ އެވެ. ފުލުހުން މިއަދު ހަވީރު ބުނެފައިވަނީ، ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން، ދ. އަތޮޅު ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ތަފްސީލު ހާމަކުރަމުން ފުލުހުން މިރޭ ބުނީ، އެ ދެ މީހުން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު […]

ފަޅުރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު ނިޔާވެއްޖެ
Raajje

ފަޅުރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު ނިޔާވެއްޖެ

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު މިއަދު ނިޔާވެއްޖެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ކޮލަމާފުށީ، އުދަރެސް، އުމުރުން 45 އަހަރުގެ އަޙްމަދު މިސްޙާޤެވެ. އޭނާގެ ހާލު ދެރަވެފައިވަނީ ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހާލު ދެރަވި މިސްޙާޤު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 14:30 އެހައި...

އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ
Raajje

އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 ގައި ހުންނަ “އަމާން އުދަރެސް” 8 ވަނަ ޓަވަރުން މިއަދު ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާގައި ޒުވާނާ ވެއްޓިފައި ވަނީ އިމާރާތުގެ 15 ވަނަ ފަންގިފިލާއިންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:26 އެހައިކަންހާއިރު އެވެ. މިހާދިސާ އާއި ގުޅިގެން އަމާން […]