އީރާންގެ ކުރީގެ ރައީސް އަޙުމަދީނީޖާދުގެ ޝަހީދުކޮށްލާފައިވާ ކަމުގެ ރިޕޯޓްތަކެއް
އީރާންގެ ކުރީގެ ރައީސް މަޙްމޫދު އަޙުމަދީނީޖާދު ދިރިއުޅުއްވާ އަމިއްލަފުޅު ގެކޮޅަށް ދެވުނު ވަރުގަދަ ހަމަލާއެއްގައި އެމަނިކުފާނު ޝަހީދުވެފައިވާ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ. އީރާނުގެ ލޭބަރ ނިއުސް އެޖެންސީ (އައިއެލްއެންއޭ) އާއި ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާންގެ އިރުމަތީ ސަރަޙައްދެއް ކަމަށްވާ ނަރުމަކްގައި ހުންނަ އަޙުމަދީނީޖާދުގެ އަމިއްލަފުޅު ގެކޮޅަށް އަމާޒުކޮށް ދެވުނު މި ހަމަލާގައި، އުމުރުފުޅުން 69 އަހަރުގެ އަޙުމަދީނީޖާދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑުންގ...