Skip to main content
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރައީސް އަށް ޕާކިސްތާނުން ރަސްމީ މަރުޙަބާ ދަންނަވައިފި
Raajje

ރައީސް އަށް ޕާކިސްތާނުން ރަސްމީ މަރުޙަބާ ދަންނަވައިފި

ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، އެ ޤައުމުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ވަރަށް ހޫނު އަދި ރަސްމީ މަރުޙަބާއެއް ދަންނަވައިފިއެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ސަލާމްކުރައްވައި ކުރު މުލާޤާތެއް ކުރައްވާފައެވެ. އަދި ބޮޑުވަޒީރާއެކު ރަސްމީ ފޮޓޯފުޅެއްގައިވެސ...

އިސްލާމީ އެއްބައިވަންތަކަމާ އެކު ގުޅުން ފުޅާކުރަން މަޝްވަރާކުރައްވައިފި
Raajje

އިސްލާމީ އެއްބައިވަންތަކަމާ އެކު ގުޅުން ފުޅާކުރަން މަޝްވަރާކުރައްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤު ދާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވަނީ ރައީސް ޑރ. މުޢިއްޒު އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ދަތުރު...

11 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، ރައީސް މުއިއްޒަށް ޕާކިސްތާނުން ކުލަގަދަ މަރުހަބާއެއް
International

11 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، ރައީސް މުއިއްޒަށް ޕާކިސްތާނުން ކުލަގަދަ މަރުހަބާއެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް އަންގާރަ ދުވަހު ވަޑައިގަތުމުން، އެ ޤައުމުން 21 ބަޑީގެ ސަލާމަކާ އެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސްގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް މުޢިއްޒާއި...

ރަސްމާލޭގައި ބިދޭސީން ދާއިމަށް ވަޒަންވެރިއެއް ނުވާނެ، އެހެން ދީންތަކަށް ޖާގައެއް ނެތް: ރައީސް
Raajje

ރަސްމާލޭގައި ބިދޭސީން ދާއިމަށް ވަޒަންވެރިއެއް ނުވާނެ، އެހެން ދީންތަކަށް ޖާގައެއް ނެތް: ރައީސް

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަޙައްދުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެތަނުގައި އަބަދުވެސް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށްޓަކައި، ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ މި ހަފްތާގެ ޕްރޮގްރާމުގައި ރަސްމާލޭގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަ...

ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް
Raajje

ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރ...

ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ރައީސްގެ ޕާކިސްތާނު ދަތުރުފުޅު މިމަހުގެ 20 ގައި
Raajje

ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ރައީސްގެ ޕާކިސްތާނު ދަތުރުފުޅު މިމަހުގެ 20 ގައި

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާކަމަށް ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު ޢިއުލާންކޮށްފިއެވެ. ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅު ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، ޕާކިސްތާނުގެ ނޫސްތަކުން ވެސް ވަނީ މި ދަތުރުފުޅުގެ މަޢުލޫމާތު ރިޕޯޓްކޮށްފައެވެ. މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ...

ދިހަ އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ
Raajje

ދިހަ އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ”ދަ ނޭޝަންސް ޕާކިސްތާން” އާއި ”ދަ ނިއު ޕާކިސްތާން” ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިއީ ވޭތުވެދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން […]

އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭ: ރައީސް
Raajje

އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭ: ރައީސް

ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރަސްމީ މީސްމީޑިއާގައި ޝާއިޢުކުރެއްވި ބަޔާނެއްގައެވެ. ރައީސް ވިދާޅުވީ، އެންމެންނަށް ރައްކާތެރި، އަދި ހެޔޮ އަގުގައި ފައިދާހުރި ކާނާ ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އީޖާދީ އަދި ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމ...

''އެކަށައެޅޭ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދޭނެ މަގުފަހިކޮށްދިނުމަކީ އަމާޒެއް''
Raajje

''އެކަށައެޅޭ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދޭނެ މަގުފަހިކޮށްދިނުމަކީ އަމާޒެއް''

ސަރުކާރުގެ އަމާޒަކީ ވަކި އެކަށައެޅިފައިވާ ބާވަތްތަކުގެ ކާބޯތަކެތި އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤްތިޞާދު ސިންދަފާތު ކ...

ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗު: ފަންނީ ތަމްރީނަށް 44 ރަށަކުން 84 ޒުވާނުން ކިހާދޫއަށް
Raajje

ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗު: ފަންނީ ތަމްރީނަށް 44 ރަށަކުން 84 ޒުވާނުން ކިހާދޫއަށް

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް މިއަދު ފުރައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވައި، މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މި ފަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ....

އަންހެން ކުދިން މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް
Raajje

އަންހެން ކުދިން މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް

އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެ ކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށްޓަކައި ސަރުކާރުން ފުރުސަތުތައް ފަހިކޮށްދީ ސިޔާސަތުތައް ކުރިއަރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުން...

Raajje

ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ގާނޫނަކާއި ގައުމީ ސިޔާސަތެއް އެކުލަވާލަނީ

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި، ގައުމީ ފެންވަރުގެ ސިޔާސަތެއް އެކަށައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އޯގާތެރި، ފަސޭހައިން ލިބިގަނެވޭ އަދި ހަމަހަމަކަން ގާއިމުވެފައިވާ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ވެފައިވާ އަހުދު އާކުރައްވާ ކަމަށެވެ. އަދި މިފަދަ ނިޒާމެއް ބިނާކުރަ...

''ޓެމޫ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނަން، ރެއާ ދުވާލު މިއުޅެނީ އެކަމާ''
Raajje

''ޓެމޫ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނަން، ރެއާ ދުވާލު މިއުޅެނީ އެކަމާ''

އޮންލައިންކޮށް ވިޔަފާރިކުރުމުގައްޔާއި ޚާއްސަކޮށް ޓެމޫ މެދުވެރިކޮށް ތަކެތި ގަތުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. “ރައްޔިތުންގެ އަޑު” ސިލްސިލާގައި މި ހަފުތާގައި ކުރިއަށް ގެންދެވީ މި ސިލްސިލާގެ ނުވަވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގައި ބައިވެރިވި އާންމު...

18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދަވައިފި
Raajje

18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދަވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން 18 އަތޮޅެއްގައި “ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި އިދާރާތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި މަރުކަޒުތައް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. އަލަށް އުފެއްދެވި މި މަރުކަޒުތަކުގެ ބަލަދުވެރި...

ރައީސްގެ އެސެޓް ޑެކްލަރޭޝަން އޮތީ ޢާންމުކޮށްފައި، ކޮންމެ މީހަކަށްވެސް ޑައުންލޯޑް ކުރެވޭނެ: ތަރުޖަމާނު
Raajje

ރައީސްގެ އެސެޓް ޑެކްލަރޭޝަން އޮތީ ޢާންމުކޮށްފައި، ކޮންމެ މީހަކަށްވެސް ޑައުންލޯޑް ކުރެވޭނެ: ތަރުޖަމާނު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެސެޓް ޑެކްލެރޭޝަން ރައީސްގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާންމުކޮށްފައިވާ ކަމަށާއި، ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް ޕީޑީއެފް އެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. އިސް ތަރުޖަމާނު މިހެން ވިދާޅުވީ “ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި” މި ސުރުޚީގެ ދަށުން “އަދަދު” ނޫހުގައި ޝާއިޢުކުރި ޚަބަރަކާ ގުޅިގެންނެވެ....