ނުވަ އަހަރަށްފަހު މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. މިއީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ނުވަ އަހަރަށްފަހު މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސް މެއެވެ. މިކަން ރައީސް އޮފީހުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަންނަ ހަފުތާގައި އަންވަރު ރާއް...