އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލުތަކަށްވުރެ ބޮޑު ނުވާނެހެން ރޯދަ މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރޯދަ މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރު ކޮށްފައިވާ އޭޕްރިލް މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލުތައް […]
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ހުއްދައަކާއިނުލައި ބަހައްޓާފައިވާ ތަކެތި، ސިޓީ ކައުންސިލުން ނަގައި ސާފުކުރަން ފަށައިފިއެވެ. ސިޓީ ކައުންސިލުން ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓްގައި ވިދާޅުވެފައި ވަނީ އެ ރަށުގެ މަގުތަކާއި އާންމު ތަންތަނުގައި، އެ އިދާރާގެ ހުއްދަ ހޯދުމަކާއިނުލާ ބަހައްޓާފައިވާ ތަކެތި ނޯޓިސް މުއްދަތުގެރޭގައި ނަގާފައިނުވާ ސަރަހައްދުތަކުން އެ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ފަށާފައިވާ ކަމަށާއި، މި މަސައްކަތަކީ ރަށުގެ މަގުތަކާއި އާންމުތަންތަނުގެ...
އިބްރާހިމް ޚަލީލް
ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް އެ މައްސަލާގައި ހައްޔަރުކުރި މުހައްމަދު ނަބީލް ކްރިމިނަލް ކޯޓުގައި ބުނެފި އެވެ. ޓިކްޓޮކްގައި ޔާޔާގެ ނަމުގައި އުޅޭ ނަބީލް އަންހެން ހެދުން އަޅައިގެން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ މައްސަލާގައި އޭނާ އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. މީގެކުރިން ޓިކްޓޮކްގައި ބަރަހަނާވުމުން އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. ނަބީލްގެ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު […]
ހުސައިން ހަބީބް
މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ހަތަރު ގެސްޓްހައުސްއަށް ނިސްބަތުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ ރާއްޖޭގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަކާ ބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައީ 772،651 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 16،355 (%2.12) ފަތުރުވެރިން އައީ ކާނި ހޮ...
މުޙައްމަދު
ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ނިވާކަން ކުޑަވާ ގޮތަށް އަންހެން ހެދުން އަޅައިގެން މޭކަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ގެންދާ ނަބީލް މީގެކުރިން ވެސް ހައްޔަރު ކުރި ކުރިއެވެ. އަދި އޭނާއާ ދެކޮޅަށް އުފުލި ދައުވާއާ ގުޅިގެން ސެޕްޓެމްބަރު 2022 ގައި އެއް އަހަރަށް […]
މުޙައްމަދު
އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 15 ވަނަ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރަން ގޮވ...
މުޙައްމަދު
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހަތަރު ގޮނޑިއެއް ކާމިޔާބު ކުރިއިރު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް އެއް ގޮނޑި ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ރޭގެ ވަގުތެއްގައި ވަނީ މި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައެވެ. ބައި އިލެކްޝަން ކުރިއަށް ދިޔައީ މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު […]
މުޙައްމަދު
އެމްޑަބްލިއުއެސްސީން ވެސް މިދިޔަ މަހުގެ ބިލުން ރަމަޟާން މަހުގެ ޑިސްކައުންޓް ދޭން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމުމާއެކު ފާއިތުވި ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާނީ ރަމަޟާންމަހުގެތެރޭގައި 11 މާޗުން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފ...
އަޙްމަދު ވަހީދު
ހެކްކޮށްފައިވާ ހއ.އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖްގެ ކޮންޓްރޯލް އަނބުރާ އެ ކައުންސިލްގެ ދަށަށް ގެނެސްފިއެވެ. އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް ހެކްކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ކައުންސިލް ފޭސްބުކް ޕޭޖަކީ މީގެ ނުވަވަރަކަށް އަހަރު ކުރިން ހަދާފައިވާ ޕޭޖެކެވެ. އެ ޕޭޖަކީ ކައުންސިލުން ހިންގާ ހަރަކާތްތަކާއި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ތަފާތު މައުލޫމާތު ތާޒާކަންމަތީ ފޯރުކޮށްދިނުމަށް އެ ކައުންސިލުން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ. ޕޭޖް ހެކްކުރުމަށް ފަހު، ޕޭ...
އިބްރާހިމް ޚަލީލް
މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ “ރޯޝަނީ” ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގައި 16 މީހުން ތިބި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް...
މުޙައްމަދު
މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މޭ މަހުގެ 10 ވަނަ ދުވަހު، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާހައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއެކު، ޚާއްސަ ހަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވުމ...
އިބްރާހިމް އަސްވާޤް
ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން 36 ވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ރެއާލަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި މިވަނީ ރޭ ރެއާލް ކުޅުން މެޗުން މޮޅުވެ ދެވަނާގައި އޮތް ބާސާއާއި ތިންވަނާގައި އޮތް ޖިރޯނާ ބައްދަލުކުރި މެޗުން ބާސާ ބަލިވުމާއި ގުޅިގެންނެވެ. ރޭ ރެއާލުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި އަމިއްލަ ދަނޑުގައި ނުކުތީ ކާޑިޒްއާއި ދެކޮޅަށެވެ. ރެއާލުން ވަނީ 3-0 ގެ ނަތީޖާއިން ކާޑިޒް ބަލިކޮށްފައެވެ. މި […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން “އިހަމަ” ނަމުގައި އެ ރަށުގައި ތަރައްގީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. “އިހަމަ” މި ނަމުން ރަމްޒު ކޮށްދެނީ އިހަވަންދޫ ހަށިހެޔޮ މައިޒާނެވެ. އެ ރަށު ޓާފް ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ހަދާފައިވާ އެ ޖިމް ރަސްމީކޮށް ހުޅުވާފައިވަނީ ރޭ އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ މި އައުޓްޑޯ ޖިމާއި ގުޅޭގޮތުން މައުލޫމާތު ދެމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ، މި ޕްރޮޖެކްޓަކީ […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް މިދިޔަ މަހުގެ ބިލުގައު ރަމަޟާން މަހުގެ ޑިސްކައުންޓް ހިމަނައިފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ ބިލުގައިވެސް ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ތަންފީޒުކޮށްފައިވާ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފަ...
އަޙްމަދު ވަހީދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ހަމަޖައްސައިފިއެވެ. ޕީއެސްއެމްގެ އަހަރީ ދުވަހާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސް ކުރެއްވޭ ކަމަށެވެ. މި ސަރުކާރުން ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ފެނިގެން ދިޔައީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނޫސްވ...
މުޙައްމަދު
ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު މޫދަށް ވެއްޓި، ގެނބެން ފެށުމާ އެކުގައި އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ފަތުރުވެރިން މޫދަށް ފުންމާލައި އެ މުވައްޒަފު ސަލާމަތްކޮށްދީފިއެވެ. ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި ޑެނިއެލް ޑި ބްރޫއިން ނަމަކަށް ކިޔާ މި ދެމަފިރިން ހަނީމޫނަށް ރިސޯޓަށް އައިސް އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެ ރިސޯޓު ވޯޓާ ވިލާގެ ޑެކުން މުވައްޒަފު ވަނީ ވެއްޓިފައެވެ. އެއާއެކު، ދެމަފިރިން […]
މުޙައްމަދު
ހަ ރަށެއްގެ ބައި އިލެކްޝަންސްގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ބައި އިލެކްޝަން ކުރިއަށް ދަނީ މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު ހޮވުމަށާއި ހއ. ތުރާކުނާއި ރ. އިންނަމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ކަމަށެވެ. ވޯޓުލުން ކުރިއަށް ދަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު […]
މުޙައްމަދު
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ބާއްވާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ ގެމްބިއާ އަށް ފުރާވަޑައިގެންފިއެވެ. މި ސަމިޓުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. އޯ.އައި.ސީން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ބާއްވާ އިސްލާމީ ޤައުމުތަކުގެ އެންމެ އި...
ޔުމްނާ ޢަލީ