ރަޝިޔާގެ ރައީސް ވްޑިމީރު ޕުޓިން، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ މެންބަރު ޤައުމެއް ކަމުގައިވާ މޮންގޯލިއާއަށް ސެޕްޓެމްބަރު 3 ވަނަ ދުވަހު ޒިޔާރަތްކުރައްވާނެ ކަމަށް ކްރެމްލިންއިން ހުކުރު ދުވަހު ހާމަކޮށްފިއެވެ. ޕުޓިންގެ މި ދަތުރުފުޅުގައި މޮންގޯލިއާގެ ރައީސް އުޚްނާގީން ޚުރެލްސުޚްއާ ބައްދަލުކުރައްވާނެ ކަމަށް ކްރެމްލިންގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ މެދު މަޝްވަރާކުރައްވާނެ ކަމަށާއި، ބައެއް އެއްބަސްވުން...
އަޙްމަދު ދާއޫދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ރައީސް ޔާމީންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްގައި އަމަލީގޮތުންނާއި މާލީގެ ގޮތުންވެސް އެހީތެރިވެދެއްވިކަމަށާއި، އެމަސައްކަތްކުރެއްވީ ހިތްނިޔަތް ސާފުކަމާއެކުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އަމިއްލަ ޓީވީ ޗެނެލްއެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް އެމްޑިޕީގެ ސަރުކާރުން ދައުވާއުފުލައިކަންކަން ފެށި ހިސާބުން ފެށިގެން ވެސް އެމަނިކުފާނު ހުންނެވީ...
ޔުމްނާ ޢަލީ
ކޮންމެ ހުކުރު ދުވަހެއްގެ އިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބާއްވަން ނިންމައިފި އެވެ. މިކަން އިޢުލާންކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ފައްޓަވާ ކަމެއް ކަމަށެވެ. މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ތިލާވަތު […]
އަލީ އާދިލް
ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގާއިމުކުރާ، ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވް (ސީއެސްސީ)ގެ މެންބަރު ގައުމުތަކުން ސީއެސްސީގެ ޗާޓަރާއި، ސެކްރެޓޭރިއެޓް ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ ސިޓީގައެވެ. ސީ.އެސް.ސީގެ އަސާސީ މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތެއްގައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ. މެންބަރު ޤައުމުތަކުގެ ފަރާތުން...
ޔުމްނާ ޢަލީ
މިއީ، 26 صَفَر 1446 (30 އޮގަސްޓު 2024) ވީ ހުކުރު ދުވަހު “ދީނަށް ޓަކައި ޚިދުމަތްކުރުން” މިމަޢުލޫއަށް ރާއްޖޭގެ މިސްކިތްތަކުގައި ކީ ޚުޠުބާ އެވެ. މިމި ޚުޠުބާ އަކީ، 23 އޮގަސްޓް 2024 ދުވަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި، ޖަމްޢިއްޔަތު ވުފޫދުލްޙަރަމްގެ ރައީސް ޑރ. ޙަމްދާން ބިން ޙުމައިދުއަސުލަމީ އަރަބި ބަހުން ދެވި ހުތުބާގެ ތަރުޖަމާއެކެވެ. ފުރަތަމަ ޚުޠުބާ ކުށުގެ ވެއްޓަށް ވަދެވި، އެއިން ސަލާމަތްނުވެވިފައިވާ އަޚުންނޭވެ! ތިޔަބައިމީހުންގެ ހަވާނަފުސުގައި ލަގަން އަޅުވާށެވެ! ފާފަތަކަށް [...
Thiladhun
ރޭ ހިނގި ރަހީނުކުރި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޢަލީ ޝުޖާޢު ވިދާޅުވެއްޖެ އެވެ. ސީޕީ މިހެން ވިދާޅުވީ، ރޭ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު މިއަދު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި މި ބައްދަލުވުމުގައ...
އަލީ އާދިލް
ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް މިދިޔަ ޖުލައި މަހު އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހެޅި ތިން ޑަބްލިއުޑީސީ ހޮވައިފިއެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޑަބްލިއު ޑީސީގެ ތެރެއިން ކޮންމެ ޑަބްލިއުޑީސީއަކަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ. އެންމ...
އިބްރާހިމް ޚަލީލް
ތުނބުޅި ދިގުކޮށް ބެހެއްޓުން އުޒްބެކިސްތާނު ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުޒްބެކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ތުނބުޅި ބަހައްޓާ މީހުންނަށް އުނދަގޫ ކުރުމާއި ޖެއްސުން ކުރުމުގެ ކަންތައްތަކެއް ފަށާފައި ކަމަށާއި އެކަމުގެ ސަބަބުން ދީނީ މިނިވަންކަމުގެ މާހައުލު ގޯސްވަމުންދާތީ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. “މިދިޔަ ހުކުރު ދުވަހު 10 އަށް ވުރެ ގިނަ މުސްލިމުން ބަންދުކޮށް، ޝަރުތުކޮށްފައި ވަނީ ތުނބުޅި ބުރިކޮށްލުން ނުވަތަ 15 ދުވަހުގެ ޖަލު ހުކުމެއް،” ނ...
މުޞްޠަފާ މުޙައްމަދު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިގެން އޭވިއޭޝަން ސެކިއުރިޓީން އަތުލައިގަނެފި އެވެ. އޭވިއޭޝަން ސެކިއުރިޓީން މަޢުލޫމާޔު ދެއްވި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިއަދު 15:40 ގައެވެ. އިންޑިގޯ އެއަރލައިންގެ ފްލައިޓް E6 1128 އިން ބެންގަލޫރުއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނަށް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓު...
އަލީ އާދިލް
ސިނަމާލެ ބްރިޖަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަން ދީފައިވާ މި ބްރިޖަށް ހަ އަހަރުވުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބްރިޖް ރަސްމީކޮށް ހުޅުވިފައި ވަނީ 30 އޯގަސްޓް 2018 ގައެވެ. އެ ބްރިޖް އެޅުމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރަށްވާފައެވެ. މި ބްރުޖަށް ހަ އަހަރުފުރުމުގެ […]
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ. ރޭ ޕަލްމާސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް މިވަނީ އެއްވަރުވެފައެވެ. ދެ މެޗުން އެއްވަރުވެ ގެއްލުނު ހަތަރު ޕޮއިންޓާއިއެކު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. އެއްވަނާގައި ކުޅުނު ތިން މެޗުން […]
އިބްރާހިމް ޚަލީލް
ތަފާތު އެކިއެކި ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީގެ ހައިކޯޓުން އަމުރުކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ޑެލީ ހައި ކޯޓުން އަމުރުކުރީ އިންޑިއާގެ ކްރިޕްޓޯ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ މުޑްރެކްސްގެ ނަމުގައި ހިންގާ ފޭކް 38 ވެބްސައިޓް ނައްތާލުމަށެވެ. މިކަން ތަންފީޒު ކުރުމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްއަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އޯގަސްޓް 23 ވަނަ ދުވަހު ނެރުނު މި އަމުރުގައި، މި ވެބްސައިޓްތައް ހަފްތާއެއްގެ ތެރޭގައި ނައްތާލުމަށ...
އަޙްމަދު ދާއޫދު
ޔުކްރެއިންގެ އެފް-16 ޖެޓެއް ރަޝިއާއިން ވައްޓާލައި، ޕައިލެޓް މަރާލައިފިއެވެ. މި ޖެޓް ވައްޓާލިކަމާއި އަދި އޭގެ ޕައިލެޓް މަރުވެފައިވާކަން ޔުކްރެއިންގެ ސިފައިން ބުރާސްފަތި ދުވަހު އިއުލާން ކުރިކަމަށް ރޮއިޓާސް އިން ވަނީ ބުނެފައެވެ. މިއީ އެމެރިކާއިން އެހީގެ ގޮތުގައި ލިބުނު އެފް-16 ޖެޓްތައް މިމަހު ޔުކްރެއިނަށް ލިބުމަށްފަހު މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ. ޔުކްރެއިންގެ ޖެނެރަލް ސްޓާފުން ފޭސްބުކުގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު ރަޝިއާގެ އަމާޒަކާ ދިމާއަށް ދަތުރުކުރަމުންދިޔަ ޖ...
އަޙްމަދު ދާއޫދު
އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުގެ ސިފައިންގެ މި ހަމަލާގައި އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ލޯކަލް ކޮމާންޑަރަކާއި އިތުރު 4 މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ތުލްކަރަމް ސިޓީގެ މިސްކިތެއްގައި ހިނގި ހަމަލާ ބަދަލު ކުރުމެއްގެތެރެއިންނެވެ. އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރާލެވުނު ކޮމާންޑަރަކީ މުޙައްމަދު ޖާބިރު ނ...
އަޙްމަދު ދާއޫދު
ލޭނު މަސްވެރިކަމުން ލިބެންއޮތް މާލީ މަންފާއަށްވުރެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކުރެއްވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ކަމުގައި ފިޝަރީސް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ވަޒީރުންގެ މަޖިލީހުން ނިންމެވީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ނަމަވެސް ލޭނު އަޅައިގެން މަސްވެރިކަން ކުރަން ސަރުކާރުން ހުޅުވައިލަނ...
އިބްރާހިމް ޚަލީލް
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، މިމަހުގެ 20 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައި އަތުލައިގަނެވުނު މި މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯންއެވެ. މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 0.666 ކިލޯގްރާމެވެ.ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 1,000,000.00 (އެއް މިލިއަން) ދިވެހި ރުފިޔާއެވެ. މިއީ ރާއްޖޭގެ މަ...
އަލީ އާދިލް
ދިވެހިރާއްޖޭގެ މާލީ ނިޒާމަށް ގޮންޖެހުން ކުރިމަތިވިޔަސް މާލީ ހާލަތު ރަނގަޅުވެ، ގުޅިގެން ކުރެވޭ މަސައްކަތުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ. ފިޗް ރޭޓިންސް (ފިޗް) އިން މިއަދު ވަނީ ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން “ސީސީސީ+” އިން “ސީސީ” އަށް ބަދަލުކޮށްފައެވެ. މިއާއިއެކު ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން ފިޗުން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން […]
ޔުމްނާ ޢަލީ
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ހަރަކާތުގައި ބިދޭސީން އުޅޭ 582 ބަލާފާސްކޮށްފިއެވެ. އިމިގްރޭޝަނުން އިއްޔެ ހަވީރު 16:00 އިން 18:00 އަށް ވަނީ މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ޚަރަކާތެއް ހިންގާފައެވެ. އިމިގްރޭޝަނުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު އިއްޔެ މި ހަރަކާތް ހިންގި ދެ ގަޑިއިރުތެރޭ އެތަނުގެ އޮފިސަރުން ވަނީ މާލޭގެ އެކި ސަރަހ...
ޔުމްނާ ޢަލީ