ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން ދެން ދިޔަޔަސް އެންމެ ރަނގަޅުތަ؟” އަރޫޝާ ބުނެލިއެވެ. ދާއިން ބޯ ޖަހާލުމާއެކު އަރޫޝާ ހިނގައިގަތެވެ. ދާއިންގެ ހުއްދަ ނުލިބިގެން އޭނާއަށް ނުދެވިފައި ހުރި ކަހަލައެވެ. އަރޫޝާ މަޑުމަޑުން ގޮސް ކޮޓަރި ދޮރު ހުޅުވާލި ވަގުތަކީ ނަދީމް އެ ހިސާބަށް އަރާ ހަމަވި ވަގުތެވެ. ކުރިއަށް އެޅި ފިޔަވަޅު ވެސް ނަދީމްއަށް އެޅުނީ ފަހަތަށެވެ. އަރޫޝާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އޭރު ނަދީމްގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ” ނަދީމް.” […]
ސަލާމާ ޢަބްދުލް ޢަލީމް
ޕާކިސްތާނުން އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދުގައި ދިން ވައިގެ ހަމަލާތަކެއްގައި 46 މީހުން މަރުވެއްޖެކަމަށް ޠާލިބާނު ސަރުކާރުގެ ތަރުޖަމާނު ޒަބީހުއްލާ މުޖާހިދު ބުދަ ދުވަހު އޭ.އެފް.ޕީއަށް ވިދާޅުވެއްޖެއެވެ. “އަންގާރަ ދުވަހުގެ ރޭ ޕާކިސްތާނުން ޕަކްޓިކާ ޕްރޮވިންސްގެ ބަރްމަލް ޑިސްޓްރިކްޓްގެ ހަތަރު ސަރަޙައްދަކަށް ބޮން އަޅާފައިވޭ. ޖުމްލަ 46 މީހުން މަރުވެފައިވާއިރު، އޭގެ ގިނަ އަދަދެއްގެ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން،” މުޖާހިދު ވިދާޅުވިއެވެ. އިތުރު 6 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ގިނައީ ކުޑ...
އަޙްމަދު ދާއޫދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައި، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައިފިއެވެ. މި ބަދަލުތައް ގެންނަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ. ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއި ވުޒާރާތަކުގެ ނަންތަކަށް ގެންނެވި ބަދަލުތައް 1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ ބުރުނި، ނިވައިދޮށުގެ މޫސާ...
ޔުމްނާ ޢަލީ
އަޒަރުބައިޖާނުގެ މަތިންދާބޯޓެއް ކަޒަކިސްތާނުގެ ދުރުހިސާބަކަށް ވެއްޓި 35 މީހުން މަރުވެއްޖެއެވެ. ބުދަ ދުވަހު އަޒަރުބައިޖާނުން ރަޝިޔާއަށް ދަތުރުކުރަމުންދިޔަ އެމްބްރެއާ މަތިންދާބޯޓެއް ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރީގައި އޮންނަ ހުސްބިމަކަށް ވެއްޓިފައިވާއިރު، 62 ފަސިންޖަރުންނާއި 5 ކުރޫ މެންބަރުންގެ ތެރެއިން 32 މީހުން ސަލާމަތްވެފައިވާކަމަށް ކަޒަކިސްތާނުގެ އިދާރާތަކުން ބުނެއެވެ. އަޒަރުބައިޖާން އެއަރލައިންސްގެ ޖޭ2-8243 ފްލައިޓް ވަނީ އޭގެ ޝެޑިއުލްކޮށްފައިވާ މަގުން ސަތޭކަ އެތައް މޭލެއް ދުރަށް ގޮސް، ކަސ...
އަޙްމަދު ދާއޫދު
ބޮޑެތި ބޯނަސް ޑޭޓާ ތަކާއެކު 2025 ވަނަ އަހަރަށް އުރީދޫން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ. އުރީދޫން ބުނީ، ދިގު މުއްދަތައް ބޭނުންކުރެވޭ އާޗާ ޕްރިޕެއިޑް ޑޭޓާ ޕްލޭންތަކުން ފެށިގެން ބޮޑެތި ބޯނަސް ޑޭޓާ ހިމެނޭހެން ތައާރަފު ކުރި މި އޮފާތަކަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ބޮޑު ޗުއްޓީއާއި ކުރިއަށް އޮތް އަހަރަކީ އުޖާލާ އަދި އިތުރަށް ގުޅިފައިވާ އަހަރަކަށް ހެދުމަށް ތައާރަފު ކުރި ހާއްސަ އޮފާތަކެއް ކަމަށެވެ. ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް އެޑް-އޯން ތަކާއެކު ބޯނަސް […]
އިބްރާހިމް އަސްވާޤް
މާލޭގެ ދެ ސަރަހައްދަކުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 25 ބިދޭސީއަކު މިއަދު ހިފަހައްޓައިފިއެވެ. މި ބިދޭސީން ހިފެހެއްޓީ ލޯކަލް މާރުކޭޓު ސަރަހައްދާއި ހީނާމާގެ ޕާކިން ސަރަހައްދުންނެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދެ ސަރަހައްދަކީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނުފޫޒުގަދަ ދެ ސަރަހައްދު ކަމަށް “އިމިގްރޭޝަން ވޮޗް” އަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިއަދު ފުލުހުންނާއި އިމިގްރޭޝަންގެ ޓާސްކުފޯހުން މި ދެ [...
އަލީ އާދިލް
‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން ފްލެޓްތައް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ. އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ރަސްމީކޮށް ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ވީ އެންމެ އަވ...
އަލީ އާދިލް
އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ “ކޮންމެ 3 ދުވަހަކުން ސައިކަލެއް” ޕްރޮމޯޝަންގައި މިހާތަނަށް 25 ނަސީބުވެރިން ހޮވިފައިވާކަމަށާއި އަދި އިތުރު 5 ސައިކަލެއްގެ ނަސީބުވެރިން ހޮވަން އޮތްކަމަށާއި، ކަސްޓަމަރުންނަށް އަދިވެސް މި ޕްރޮމޯޝަންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު އޮތްކަމަށް އުރީދޫއިން ހާމަކޮށްފި އެވެ. ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި 2 އެއަރބްލޭޑް 160 ސްޓޭންޑަރޑް އެޑިޝަން، 1 އެއަރބްލޭޑް 125 ސްޓޭންޑަރޑް އެޑިޝަން، ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު ކަމުގައިވާ ޕީސީއެކްސް 160، އަދި މު...
އިބްރާހިމް އަސްވާޤް
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ހިންގަމުންދާ ތަޙްޤީޤުގެ ތެރެއިން، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދުގެ ފޯނު ހިފަހައްޓައިފިއެވެ. ފަޒީލް އަކީ މި މައްސަލާގައި ތުހުމަތުކުރެވޭ އެއް ފަރާތްތަކަމަށްވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއެވެ. ފުލުހުން މިރޭ ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު މިއަދު ހިފަހައްޓާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހްގީގު ފެށުމާއިއެކު ފަޒީލް މިވަގުތު...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، ވައިގެ މަގުން ދިވެހިރާއްޖެ އައި އިންޑިއާ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މި ތަކެތި އަތުލައިގެންފައި ވަނީ މިމަހު 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުންނެވެ. މިތަކެތީގެ ބަރުދަނުގައި 235 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ. މި މައްސަލާގައި އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގ...
ޔުމްނާ ޢަލީ
ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި މިޔަރު އަދި މަޑިމަސް ނައްތާލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، ވަގަށް ބޭރުކުރަން އުޅެނިކޮށް ހިފަހައްޓައި، ނައްތާލާފައިވާ މިޔަރު އަދި މަޑިމަހުގެ ޖުމްލަ ބަރުދަނުގައި 582 ކިލޯ ހުރި ކަމަށެވެ. މި ތަކެތި ނައްތާލާފައި ވަނީ މިދިޔަ އާދީއްތަ (22 ޑިސެމްބަރު 2024) ވަނަ ދުވަހުއެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑިއާއި، މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެކްސްޕޯޓު ކުރުމަކީވެ...
ޔުމްނާ ޢަލީ
އާ އަހަރާއި ދިމާކޮށް މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވެދާނެކަމުގެ ބިރު އޮތުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ އާ އަހަރާއި ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް، ވިއްކުން އިތުރުވާނެކަމަށް ބެލެވޭތީ ޚާއްޞަ އޮޕަރޭޝަނެއް އެ އިދާރާއިން މިއަދު ވަނީ ފަށާފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި، މެރިން ޕޮލިސް، ހުޅުމާލެ ޕޮލިސް އަދި ކ.އަތޮޅު ޕޮލިސް ގުޅިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގެ ފަޅުތެރެ ޕެޓްރޯލް...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގައި ރޭ މެންދަމު ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ. މިއީ ހުޅުމާލޭ ފޭސް 2ގެ ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ޓެކްސީއެކެވެ. އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާގެ މަޢުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ ރޭ މެންދަމު 3:36 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ފަޔަރ ފައި...
ޔުމްނާ ޢަލީ
އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ އެ މަގާމުން ވަކިކުރި އައިޝަތު ޖެނިފާއަށް އަލުން އެ މަގާމު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ […]
ހުސައިން ހަބީބް
ހއ.ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށް ބާއްވާ “ބާރަލާ ކަޕް 2024” ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެއެވެ. މި މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރެއެވެ. އެ ޓީމްތަކަކީ ބްލެކް ޒީނޯ، ރިއަލް ޓީ ސްޕޯޓްސް ކްލަބް، ދި ސްޕޯޓްސް އެކަޑަމީގެ އިތުރުން މިޑްލް ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ މިޑްލް ސްޕޯޓްސް ކްލަބާއި ރިއަލް ޓީ ސްޕޯޓްސް ކަލްބެވެ. މުބާރާތުގެ ދެވަނަ މެޗުގައި މިރޭ […]
އިބްރާހިމް ޚަލީލް
އެއަރޕޮޑްސް ވިއްކައިގެން އެޕަލްއަށް ލިބޭ އާމްދަނީ އެހެން ބޮޑެތި ކުންފުނިތަކަށްވުރެ އިތުރުވެފައިވާ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ. ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި އެޕަލްގެ ވަޔަރލެސް އިޔަރބަޑް ކަމުގައިވާ އެއަރޕޮޑްސް ވަނީ ޓެކްނޮލޮޖީ ދުނިޔޭގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ބްލޫމްބަރގް އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި 2021 އިން ފެށިގެން އެއަރޕޮޑްސް ވިއްކައިގެން އަހަރަކު 18 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް އެޕަލްއަށް ލިބެއެވެ. މި އަދަދަކީ ނިންޓެންޑޯ ފަދަ ބޮޑު ކުންފުންޏެއްގެ 2...
އަޙްމަދު ދާއޫދު
އެމެރިކަން އެއަރލައިންސްއިން އެމެރިކާގެ އެތެރޭގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަން ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އަހަރީ ބޮޑު ޗުއްޓީގެ މޫސުމުގައި ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އެމެރިކާގެ ގަޑިން ހެނދުނު 7:55 އަށް މި ހުއްޓުން ނިމުމަކަށް އައިސްފައިވާކަމަށް އެމެރިކަން އެއަރލައިންސްގެ ތަރުޖަމާނެއް ސީއެންބީސީއަށް މަޢުލޫމާތު ދީފައިވެއެވެ. މި ހުއްޓުން ދެމިގެން ގޮސްފައިވަނީ އެންމެ ގަޑިއިރަކަށްވުރެ ކުޑަ ވަގުތުކޮޅެކެވެ. މި މަ...
އަޙްމަދު ދާއޫދު
ޝެއިޚް ހަސީނާ އަނބުރާ އެ ގައުމަށް ފޮނުވައިދިނުމަށް އިންޑިއާއަށް ބަނގްލާދޭޝް އިން ބާރުއަޅައިފިއެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް އެދި އިންޑިއާގެ ސަރުކާރަށް ފޮނުވާފައިވާ ޑިޕްލޮމެޓިކް ނޯޓަށް ޖަވާބު ނުލިބިއްޖެނަމަ، ހަނދާންކޮށްދިނުމުގެ ސިޓީއެއް ފޮނުވާނެކަމަށެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުޙައްމަދު ރަފީޤުލް އާލަމް ވިދާޅުވި ގޮތުގައި، އިންޑިއާގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ...
އަޙްމަދު ދާއޫދު