މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,327 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2090 ވަނަ ޞަފްޙާ

"ފިޝަރީޒް އެކްސްޕޯ 2019" ރައީސް ހުޅުއްވައިދެއްވައިފި

"ފިޝަރީޒް އެކްސްޕޯ 2019" ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފިޝަރީޒް އެކްސްޕޯ 2019 ހުޅުއްވައިދެއްވައިފިއެވެ. ފިޝަރީޒް އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. ފިޝަރީޒް އެކްސްޕޯއަކީ ދިވެހިރާއ...

އިބްރާހިމް އަސްވާޤް

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން – ނައިބު ރައީސް

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މަސްތުވާތަކެތީން ދުރުހެލިވުމަށް ފަރުވާދޭ ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި އެސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‎ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު،...

އިބްރާހިމް އަސްވާޤް
ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެގެ ރިޒާވް ރަނގަޅުވާން ފަށައިފި

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެގެ ރިޒާވް ރަނގަޅުވާން ފަށައިފި

ރާއްޖޭގެ އިންޓަރނޭޝަނަލް ރިޒާވް އާއި ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ރިޒާވް ގިނަ ދުވަސްތަކަކަށްފަހު ރަނގަޅުވާން ފަށައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް މިދިޔަ އޮކްޓޯބަރު މަސް ނިމުނު ހުރީ 225.7 މިލިއަން ޑޮލަރުގައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 31.4 ޕަސެންޓް އިތުރު އަދެދެކެވެ. މި އަހަރުގެ ކުރީކޮޅު ޔޫޒަބްލް […]

މަރްޔަމް ސިމާނާ
ރާއްޖޭގެ ހޯމް މިނިސްޓަރަކު ފުރަތަމަ ފަހަރަށް ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ހޯމް މިނިސްޓަރަކު ފުރަތަމަ ފަހަރަށް ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ޞޮއިލޫއާ ބައްދަލުކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ދެބޭފުޅުންގެ ބައްދަލުކުރެއްވުން އޮތީ މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިހާރު ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުރުކީގެ ދާޚިލީ ވުޒާރާގައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދެބޭފުޅުންގެ މަޝްވަރާތަކ...

އިބްރާހިމް އަސްވާޤް
މޫސުން ގޯސްވެ ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެެން ކ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 14:30 އިން ފެށިގެން 19:30 އާއި ހަމައަށެވެ. Alert White for heavy rain, thunderstorms and gust wind of 40 mph. pic.twitter.com/i9cnjo8dwo — Maldives Meteorology […]

އިބްރާހިމް އަސްވާޤް
އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ކުއާޓަރ ފައިނަލަށް ޓީމްތަށް ދަތުރުކޮށްފި

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ކުއާޓަރ ފައިނަލަށް ޓީމްތަށް ދަތުރުކޮށްފި

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ކުއާޓަރ ފައިނަލަށް ޓީމްތަށް ދަތުރުކޮށްފި އެވެ. އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ކުއާޓާރ ފައިނަލަށް ދިޔަ ޓީމްތަށް ކަށަވަރީ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް މިދިޔަ ބުދަ ދުވަހު ނިމުމުންނެވެ. އެގޮތުން މި މުބާރާތުގެ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް އޭގެ އެލަޔަންސް ސްޕޯޓްސް އާއި ވިއޯރިއަންސް އެވެ. އަދި ގްރޫޕް ބީ ގެ ސްޓާރ ފޯސް އަދި ޔަންގް ސްޓާއާއި ގްރޫޕް ސީ ގެ ވިއޯރާ […]

އިބްރާހިމް އަސްވާޤް
އެންމެ ގިނަ އެމެރިކާ ކުޑަކުދިންނަށް ކިޔާ 10 ނަމުގެ ތެރޭގައި "މުހައްމަދު"

އެންމެ ގިނަ އެމެރިކާ ކުޑަކުދިންނަށް ކިޔާ 10 ނަމުގެ ތެރޭގައި "މުހައްމަދު"

އެމެރިކާގެ އަލަށް އުފަންވާ ކުޑަކުދިންނަށް އެންމެ ގިނައިން ކިޔާ ނަންތަކުގެ ތެރޭގައި “މުހައްމަދު” މި ނަން ހިމެނިއްޖެއެވެ. “މުހައްމަދު”ގެ އިތުރުން އަންހެން ކުދިންގެ ލިސްޓްގައިވެސް ވަނީ އަރަބި ނަމެއްކަމަށްވާ “އާލިޔަ” ހިމެނިފައެވެ. މި ލިސްޓަކި “ބޭބީ ސެންޓަރ” އިން ތައްޔާރު ކޮށްފައިވާ ލިސްޓެކެވެ. އެމެރިކާގެ އެންމެ ގިނަ މާބަނޑުމީހުން ބޭނުން ކުރާ މި ވެބްސައިޓުން ހަދާފައިވާ ލިސްޓްގައި އެންމެ 600،000 މީހުންގާތު، އެމީހުންގެ ދަރިންގެ ނަން އަހާފައި ވާއިރު، “އާލިޔާ” އަދި “މުހައްމަދު” ވަނީ އެންމެ ގިނައިން ބޭނުނ...

މަރްޔަމް ސިމާނާ
ހުކުރު ދުވަހަކީ ކިހާ މާތް ދުވަހެއްތަ؟

ހުކުރު ދުވަހަކީ ކިހާ މާތް ދުވަހެއްތަ؟

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައެވެ. އަދި މުޅި އަހަރަށް ބަލައިފިނަމަ ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. މީގެ އިތުރުން ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ ލައިލަތުލް ޤަދްރިވިލޭރޭ ކަމުގައި މި އުންމަތަށް ކީރިތި ނަބިއްޔާ صلى الله عليه وسلم ބަޔާން ކޮށްދެއްވަވާފައިވެއެވެ. ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު […]

Thiladhun

ލިލީ ބީޗު ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ލިލީ ބީޗު ރިސޯޓު އެންޑް ސްޕާގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހަވީރު 4:15 ހާއިރު ލިލީ ބީޗު ރިސޯޓް އެންޑް ސްޕާ އިން ޗައިނާގެ އުމުރުން 74 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެނބިގެން މަހިބަދޫ އަށް ގެނެސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިބްރާހިމް އަސްވާޤް
ބޯހިޔާވަހިކަމާއި ގުޅޭ 2 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި

ބޯހިޔާވަހިކަމާއި ގުޅޭ 2 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ދެ ބިލެއް ކަމާއި ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއި އެކު ޑްރާފްޓްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މި ޑިސެމްބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ވަނީ “ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު” އަދި “އެއްމެދު އިމާރާތުގެ ޤާނޫނު”ގެ ބިލެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު އިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގ...

އިބްރާހިމް އަސްވާޤް
ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސް، 33% އަންހެނުންނަށް ޙާއްސަ ކުރުމަށް އަމީން ގޮވާލައިފި

ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސް، 33% އަންހެނުންނަށް ޙާއްސަ ކުރުމަށް އަމީން ގޮވާލައިފި

ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްއަށް 33% އަންހެނުންނަށް ޙާއްސަ ކުރުމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ގޮވާލައިފިއެވެ. އަމީންމިހެން ގޮވާލާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓުގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްއަށް 33% އަންހެނުންނަށް ޙާއްސަ ކުރުމަށްގޮވާލާކަމަށެވެ. މީގެ އިތުރުން މިއަަދު ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ރަށްރަށުގެ އިޙްތިސާސް ކަނޑައެޅިއްޖެ ކަމަށާއި ފުރިހަމަ ލާމަރު...

ޔުމްނާ ޢަލީ

ހއ އަތޮޅު ހޮސްޕިޓަލުގައި ޕަވަރ ބެކަޕް ސިސްޓަމް ހަރުކުރުމަށް ފެނަކައާއި ހަވާލުކޮށްފި

ހއ އަތޮޅު ހޮސްޕިޓަލުގައި ޕަވަރ ބެކަޕް ސިސްޓަމް ހަރުކުރުމަށް ފެނަކައާއި ހަވާލުކޮށްފި އެވެ. ހއ އަތޮޅު ހޮސްޕިޓަލްގައި ޕަވަރ ބެކަޕް ސިސްޓަމްއެއް ސަޕްލައިކޮށް އިންސްޓާލް ކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް ހެލްތް އާއި ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ. HA. Atoll Hospital ah power back up system eh supply koh, install kurumuge ehbasvumugai Fenaka Corporation aai Ministry of Health aa dhemedhu soi koffi. […]

އިބްރާހިމް އަސްވާޤް
ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި

ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި

ޤައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭންޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ. މިއަހަރުގެ ޤައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ 1 އިން 12 އަށް އެމް.އެން.ޑީ.އެފް.ގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެ...

އިބްރާހިމް އަސްވާޤް
ޒުވާން ލަވަކިއުންތެރިޔާ މުސީ އާއި 1438 ބޮޑުބެރު ގުރޫޕްއަށް ދިއްދޫއިން ހޫނު މަރުޙަބާއެއް

ޒުވާން ލަވަކިއުންތެރިޔާ މުސީ އާއި 1438 ބޮޑުބެރު ގުރޫޕްއަށް ދިއްދޫއިން ހޫނު މަރުޙަބާއެއް

ޒުވާން ލަވަކިއުންތެރިޔާ މުސީ އާއި 1438 ބޮޑުބެރު ގުރޫޕްއަށް ދިއްދޫއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ބޮޑުބެރަށް ބޮޑު ތަރުހީބެއް އޮންނަ ދިއްދޫއިން 1438 ހޫނުމަރުހަބާއެއް ކިޔާފައިވާއިރު މިއަހަރުގެ ބޮޑުއީދުގައި ހަބޭސް ބޮޑުބެރު ގުރޫޕުން ދިއްދޫގައި ބާއްވަން ހަމަޖެއްސި ސޯ ކެންސަލް ކުރުމަށްފަހު ދިއްދޫގައި މަސްހޫރު ބޮޑުބެރު ގުރޫޕަކުން ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. މިހަރަކާތުގައި ދިއްދޫގެ ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ. މި ސޯ އަށްފަހު މުސީ ވަނީ ދިއްދޫއިން ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. ސ...

ޔުމްނާ ޢަލީ

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެގޮތުން މިމަހުގެ 6 ވަނަ އަދި 7 ވަނަ ދުވަހު ޒުވާނުންނަށް އަމާޒްކޮށްގެން ދޮށީގެ މަސްވެރިކަމުގެ މަސްދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަސްވެރިކަމުގައި، ޚާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް...

ފާތިމަތު ސިނާޒާ
ބޭންކް އޮފް މޯލްޑިވްސްގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް

ބޭންކް އޮފް މޯލްޑިވްސްގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް

ބޭންކް އޮފް މޯލްޑިވްސްގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާގޮތުގެ ތާވަލް އިއުލާން ކޮށްފިއެވެ. އެގޮތުން ޑިސެމްބަރު 8 ވާ އާދިއްތަ ދުވަހު، މަކުނުދޫ އަދި ވައިކަރަދޫ އަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.9 ވާ ހޯމަ ދުވަހު، ނޮޅިވަރަމް، ނޮޅިވަރަންފަރު، އަދި ނެއްލައިދޫ އަށް ދާއިރު، އަންގާރަ ދުވަހު ވަނީ ކުމުންދޫ އަދި ނޭކުރަންދޫއަށް ދާގޮތަށް ހަމަޖެހިފައެވެ. 11 ޑިސެމްބަރުވާ ބުދަ ދުވަހު، ފިނޭ، ހިރިމަރަދޫ، ނައިވާދޫ އަދި ކުރިނބީ އަށް ދާން ހަމަޖެހިފައިވާއިރު […]

މަރްޔަމް ސިމާނާ
މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

މިޞްރު/ ޤާހިރާގައި 2020 ވަނަ އަހަރު ފެބުރުވަރީ 08 ން 13 ށް  ބޭއްވުމަށް ހަމަޖެހިފައިވާ “27 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން” ގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެއެވެ. އެގޮތުން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން މިއަދު ކުރި އިޢުލާނުގައި ވާ ގޮތުން މިމުބާރާތުގައި މުޅި ޤުރުއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށްް ޓިކެޓް ޚަރަދާއި، […]

ފާތިމަތު ސިނާޒާ