4-3 އިން ވިލަރެއާލް ބަލިކޮށް ލިވަޕޫލުން ހޯދި މޮޅުގެ ހަގީގީ ބަޠަލަކީ 18 އަހަރުގެ އެންގުމޯހާ
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑުން ފަހަތުގައި އޮއްވައި، ފަހަތުން އަރައި 4-3 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ 18 އަހަރުގެ ކުޅުންތެރިޔާ ރިއޯ އެންގުމޯހާ މޮޅު ކުޅުމެއް ދައްކައިފިއެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ހޯދި ތިންވަނަ މޮޅެވެ. މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭ ފަދަ ހަލުވި އަދި މޮޅު ކުޅުމެއް ދެއްކި އެންގުމޯހާ ވަނީ ލިވަޕޫލުން ޖެހި ހަތަރު ލަނޑުގެ […]