އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ފަށާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭ ހުރަވީ ސްކޫލުގައެވެ. މި ކޮންފަރެންސަކީ ކައުންސިލަރުންނަށް ލާ މަރުކަޒީ ނިޒާމަށް ފުރިހަމަ ބާރުތައް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު ދިނުމަށާއި އެ ބަދަލުތަކާއިމެދު އެބޭފުޅުންގެ ޚިޔާލު ހޯދުމަށް ބާއްވާ ކޮންފަރެންސެކެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާ...