އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ގްރޭޓާ މާލެ ސަރަހައްދަށް ފުޅާކޮށްފިއެވެ.

މި ހިދުމަތް ފުޅާކުރީ އުރީދޫގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ކުރަމުން އަންނަ ގިނަގުނަ މަސައްކަތުގެ ދަށުންނެވެ. އެގޮތުން، މިއަދި ފާހަގަކުރާ އުރީދޫގެ 17 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރުމިވަނީ މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް ގެ ޚިދުމަތް ފުޅާކޮށްފައެވެ.

Ad
rt

އުރީދޫ 5ޖީ ނެޓްވޯކަށް މި ގެނެވުނު އަޕްގްރޭޑް އިއުލާނުކޮށްފައިވަނީ އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

5ޖީ ނެޓްވޯކް ފުޅާ ކުރުމުގެ އިތުރުން ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި ސުޕަނެޓް އެއާފައިބަ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އަދުގެ ޑިޖިޓަލް ޒަމާނުގައި، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާފަދަ ހަލުވި ސްޕީޑެއްގައި ކަމަށާއި ހައިޓެކް ހިދުމަތްތައް ބޭނުންކުރުމަށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަށް ލޭޓަންސީގައި ހަލުވު ސްޕީޑު ބޭނުންވާ ކަމަށެވެ.

“އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫ އެއަފައިބަ މެދުވެރިކޮށް. މިއަދު އަޅުގަނޑުމެން ދިވެހިންގެ ހިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓާ މާލެއަށް އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ޚާލިދު ވިދާޅުވިއެވެ.

ބޮޑެތި ޑޭޓާ އެލަވަންސާއެކު އުރީދޫ 5ޖީ ކަސްޓަމަރުންނަށް ތަޢާރަފްކުރި މޮބައިލް ޑޭޓާ އޮފަރ ތެރޭގައި:

އުރީދޫ ޕްރީޕެއިޑް، އާޗާ ޕްރީޕެއިޑް އަދި މަގޭ ޕްލޭން މެދުވެރިކޮށް، 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް ޑަބަލް ޑޭޓާ ބޯނަސް އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 5ޖީ ޕްލޭންތަކެއް ހިމެނެއެވެ. އަދި 5ޖީ ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އުރީދޫ ޕޯސްޓްޕެއިޑް 800 އާއި އެއަށްވުރެ މަތީގެ ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް ދެ ގުނަ ބޯނަސް ޑޭޓާ ވެސް ލިބޭނެއެވެ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕަރޭޓާއެވެ. އަދި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވޯކް ފުލް އައިޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަނގަޅުކޮށްދީފައެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.