ތައިރޮއިޑްއަކީ އިންސާނާގެ ނޭވާލާހޮޅި މަތީ ހުރަހަށްވާ ގޮތަށް، ކޮކާލެއްގެ ސިފައިގައި ހުންނަ ފަށަލައެކެވެ. މި ފަށަލައިގެ މަޤްސަދަކީ ހަށިގަނޑުގެ ހެދިބޮޑުވުމާއި، ހޯމޯންލެވެލްސް އަދި މެޓަބޮލިޒްމް އެއްހަމައެއްގެ މަތިން ބެލެހެއްޓުމެވެ.
ތައިރޮއިޑްގެ ބަލި ހުންނަ މީހުންނަކީ މި ފަށަލައިން އެބައެއްގެ ހޯމޯން ލެވެލް އެއްވަރެއްގައި ހިފަހައްޓައިނުދީ މަތިވެފައި ނުވަތަ ތިރިވެފައި ހުންނަމީހުންނެވެ. އޭގެތެރެއިން ހައިޕޯ-ތައިރޮއިޑްސްމް އަކީ ހޯމޯން ލެވެލްސް ދަށްވެފައި ހުރުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ހައިޕޯ-ތައިރޮއިޑްސްމް ހުންނަމީހުންނަށް އެންމެ ގިނައިން އުފުލަންޖެހޭ ތަކުލީފަކީ އަބަދުމެ ވަރުބަލިވެފައި ހުރުމެވެ. ކާއެއްޗިހިން ހަށިގަނޑަށް ހަކަތަ ނަގަން ބޭނުންވާ ހޯމޯން ތައިރޮއިޑް ފަށަލައިން ދޫނުކުރުމުގެ ސަބަބުންނާއި ސިކުނޑިން ދޫކުރާ ތައިރޮއިޑް-ސްޓިމިއުލޭޓިންގ ހޯމޯން (ޓީ.އެޗް.އެސް) ސިގްނަލްއަށް ތައިރޮއިޑް ފަށަލައިން އެއްބާރުލުން ނުދިނުމުގެ ސަބަބުން ވަރުބަލިވެ އަބަދު ނިދިއައިސްފައި ހުންނަތަން އާދެއެވެ. މީގެ އިތުރުން، ވިސްނަން އުނދަގޫވެފައި ހުރުމާއި، ކަމަކަށް ދޭންޖެހޭ ސަމާލުކަން ދޭން އުނދަގޫވުންވެސް މިއީ ވުން އެކަށީގެންވާ ކަންކަމެވެ.
ހައިޕޯ-ތައިރޮއިޑް ބަލި ޖެހިފައިވާ މީހުންގެ އެއް ކަނބޮޑުވުމަކަށް ވެފައިވަނީ، ބައްޔާއި ގުޅިގެން މީހާގެ ބަރުދަން ކުއްލިގޮތަކަށް އަވަސް ރޭޓެއްގައި މަތިކޮށްލުމެވެ. ކެއުމަށް ރަނގަޅަށް ބަލައިގެން އުޅޭ މީހުންނަށްވެސް މިއީ ކުރިމަތިލާންޖެހިފައި އޮތް ޙަޤީޤަތެކެވެ.
މިކަން މިހެން ވުމުގެ ސަބަބަކީ، ތައިރޮއިޑް ހޮމޯންސް ހުންނަންޖެހޭ ވަރަށްވުރެ ދައްވުމުން، ހަށިގަނޑުގެ މެޓަބޮލިކް ރޭޓް ދައްކޮށްދީ، ކެލަރީސް އެންދުމުގެ ބަދަލުގައި ހަށިގަނޑުގެ އެކި ސަރަހައްދުތަކުގައި ސަރުބީގެ ގޮތުތައި ކެލަރީސް ރައްކާކުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ތައިރޮއިޑް މިބަލި އަލަށް ޖެހޭ ފަރާތްތަކަށް 7-14 ކިލޯ ފުރަތަމަ އަހަރުގައި އިތުރުވެގެންދެއެވެ. އަދި މިކަމުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލްސް އިންތިހާއަށް މަތިކޮށްދީ، ފަރުވާ ނުލިބިއްޖެނަމަ ލޭގެ ޕްރެޝަރާއި ހަކުރު މަތިވުން ގާތެވެ.

ތައިރޮއިޑްގެ މިބަލީގެ ސަބަބުން އަޅާ ވޭންތަކުގެ ތެރޭގައި، ހަށިގަނޑު ބަލިކަށިވުމާއި، ހުޅުހުޅުގައި ރިއްސުމާއި އަކުނިވަޔަށްދެމުން ހިމެނެއެވެ. ސަބަބަކީ، ތައިރޮއިޑް ހޯމޯން ދައްވެ މެޓަނޮލިޒްމް ކެޓަބޮލިޒްމް އަށް ބަދަލުކުރާތީއެވެ. ކެޓަބޮލިސްމްއަކީ ހަށިގަނޑަށް ހަކަތަ ނެގުމައްޓަކައި ގައިގެ މަސްތަކުގެ (މަސަލްސް) ޓީޝޫސްތައް ފުނޑުކޮށްލުމެވެ. މިކަމުގެ ސަބަބުން މަސްތަކުގެ ބާރު ދައްވެގެންދެއެވެ. މި ބަލި ނެތްމީހަކާއި އަޅާކިޔާއިރު މިބަލީގެ ސަބަބުން މީހާ ވަރުބަލިވެ ބަލިކަށިކަން އިޙްސާސްކުރުން ދެގުނައަށް އިތުރުވެގެންދާ ކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ.
ހައިޕޯ-ތައިރޮއިޑްސްމް އަކީ އެބަލި ޖެހޭ ފަރާތްތަކުގެ ނަފްސާނީ ސިއްޙަތާއިވެސް ކުޅެލާ ބައްޔެކެވެ. އެއްވެސް ސަބަބަކާއި ނުލައި ދެރަވެފައި ހުރުމާއި، މާޔޫސްވެފައި ހުރުން މިއީ މިބަލީގވެ ސަބަބުން ވެދާނެ ކަންތަކެވެ. ހަށިގަނޑުގައި ހަކަތަ މަދުވުމާއި، އަބަދުމެ ވަރުބަލިވެފައިވުމުގެ ސަބަބުން ވާކަމެއްކަމަށް ދިރާސާ ޢިލްމުވެރިން ރަޢުޔުނެރުނު ކަމުގައިވީނަމަވެސް، މިކަން މިހެން ދިމާވާ އަސްލު ސަބަބު އަދި ހޯދިފައެއްނުވެއެވެ.
މިކަންކަމުގެ އިތުރުންވެސް މިބަލީގެ ސަބަބުން ކުރިމަތިލާންޖެހޭ ކަންކަމުގެ ތެރޭގައި، އާދަޔާއި ހިލާފަށް ގިނައިން އިސްތަށިފޭބުން، ހަށިގަނޑުގެ ޓެމްޕަރޭޗަރ ދަށްވެފައިހުރުން، ހަކަތައާއި ސަރުބި ނުއެންދުމުގެ ސަބަބުން ދާހިތް ނުލުން، އަންހެން ކުދިންގެ މައްސަރުގެ މައްސަލަތަށް އައުން، ހަންގަނޑު ހިކި މުރަނަގޮތް ދެއްކުމާއި އަދި ބަނޑު ހަރުވުން ހިމެނެއެވެ.
ތައިރޮއިޑްގެ މި ބައްޔަކީ، ފަރުވާނުކޮށް ގިނަދުވަސް ވާނަމަ ޢުމުރަށް ބޭސްކާންޖެހިދާނެ ފަދަ ބައްޔެކެވެ. މި ބަލީގެ ކުރީކޮޅު ރަނގަޅު އެތެރެ ހަށީގެ ނުވަތަ ތައިރޮއިޑް ސްޕެޝަލިސްޓަކަށް ދައްކައި، ބޭހާއި އެކު ކެއުމަށް ބަލައި އަދި ރަނގަޅަށް ކަސްރަތު ކުރުމުން ބަލިން ފަސޭހަވާކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ.
އެއްވެސް ޚާއްސަ ސަބަބަކާއި ނުލާ މަތީގައި ނަންގަނެވިފައިވާ ޢަލާމާތްތަށް ތިމާގެ ހަށިގަނޑުން ފެންނަކަމުގައިވާނަމަ، އަމިއްލަ ހިތްހަމަޖެހުމަކަށް ނަމަވެސް އާންމުންގެ ޑޮކްޓަރަކަށް ދައްކާލައި ލޭގެ ޓެސްޓްތަކެއް ހަދައިލާށެވެ. އިތުރަށް ދެންވާންވީ ގޮތެއް އެނގޭނީ އޭރުންތާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!