މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިނީ ބަހުގެ ހިދުމަތް ފަށަން 36 މިނީ ބަސް ގެނެސްފިއެވެ.

އެ ކުންފުނިން ގެނައި ބަސްތައް ރާއްޖެއަށް އައިސްފައިވަނީ މިއަދުއެވެ. މިހާރު ކުރިއަށްދަނީ ޕޯޓް ކްލިއަރެންސްގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން 41 ބަސް ގެނައުމަށް ވަނީ ނިންމާފައެވެޒ ބާކީ ހުރި ބަސްތައް މި މަހުގެ ތެރޭގަްި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން މިނީ ބަހުގެ ހިދުމަތް ދޭން ނިންމާފައިވަނީ މާލެ އާއި އައްޑުއާއި ފުވައްމުލަކުގެ އިތުރުން ލާމު އަތޮޅުގައެވެ.

މި ހިދުމަތް ފަށަން އެމްޓީސީސީން ނިންމާފައިވަނީ މި މަހުގެ 31 ގައެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން އެމްޓީސީސީއާ އެ މަސައްކަތް ހަވާލު ކުރީ 2019ގައެވެ.