މި ދުވަސްވަރު ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނީ އަވަހަށް ދިއުމަށް އިލްތިމާސް ކުރަނީ މިއީ ޗުއްޓީ ދުވަސްވަރަށްވުމާއެކު އެއާޕޯޓުގައި ކިޔޫ ދިގުވާނެތީ ކަމަށެވެ. އަވަހަށް ދިއުމުން ކިޔޫގައި ތިބެން ޖެހޭ ވަގުތު މަދުވާނެ ކަމަށާއި ފްލައިޓް ޑިލޭވުން ފަދަ ކަންކަން ވެސް މަދުވާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެއާޕޯޓުގައި އުޅޭ ވަގުތު މާސްކު އެޅުމަށާއި އެޗްޕީއޭއިން ކޮވިޑް-19 އާ ގުޅިގެން އަަންގާފައިވާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެމްއޭސީއެލުން އިލްތިމާސްކުރެއެވެ.
ބޮޑޮ ޗުއްޓީއާ ދިމާކޮށް މާލެއިން އެކި ރަށްރަށަށް ފުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ފްލައިޓުތައްވެސް ވަނީ ފުލްވެފައެވެ. އެހެންވެ، ޑިމާންޑް އިތުރުވާ ސަރަހައްދުތަކަށް މޯލްޑިވިއަނުން އަންނަނީ އިތުރު ފްލައިޓުތައްވެސް ބާއްވަމުންނެވެ.
During this holiday, we advice our passengers to come to @VelanaAirport 3 hours before flight time to avoid long queues and possible delays. Always wear mask and take precautions as per @HPA_MV guidlines#HappyHolidays pic.twitter.com/Cx8akH6wQd
— Maldives Airports Company Ltd - MACL (@MACLmedia) July 1, 2022
މިއަހަރުގެ ބޮޑު ޗުއްޓީ އާއި ބޮޑު އީދާ ދިމާވަނީ އެއް ދުވަސްވަރަކާ ކަމަށްވާތީ އެހެން އަހަރުތަކުގެ ބޮޑު ޗުއްޓީތަކާ އަޅާ ބަލާއިރު މިއަހަރުގެ ޗުއްޓީގައި ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!