މިރޭވެސް ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އާއި ޕީއޯއެސް އާއި އޭޓީއެމް އާއި ޕޭމަންޓް ގޭޓްވޭއިންވެސް ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. މި ހިދުމަތްތައް 1 ގަޑިއިރަށް މެދުކެނޑޭނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

Ad
rt

މިފަހަރުގެ ބަހަނާއެއްގެ ގޮތުގައި ވެސް ބީއެމްއެލް އިން ބުނީ އެއީ މިރޭ ކުރިއަށްދާ ކުރިން ޕްލޭން ކޮށްފައިވާ މެއިންޓަނެންސް މަސައްކަތެއް ކުރުމަށް ހިދުމަތް މެދުކަނޑާލަނީ ކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ މިރޭ ދަންވަރު 1:00 އާއި 3:00 އާ ދެމެދުގައެވެ.

ދަންވަރު ވަގުތު ނަމަވެސް ވިޔަފާރި ކުރާ ފަރާތްތައް ތިބެއެވެ. އެހެންކަމުން އެ ފަރާތްތަކަށް 1 ގަޑިއިރު ހިދުމަތް ނުލިބުމުން ދަތިތަކާ ދިމާވާނެއެވެ.

ބޭންކުގެ ހިދުމަތް ދޭތެރެދޭތެރެއިން އަންނަނީ މެދުކެނޑެމުންނެވެ. ސަބަބެއް ކަމަށް އަބަދުވެސް ބުނަނީ މެއިންޓެނެންސް ނުވަތަ ޓެކްނިކަލް މައްސަލައެކެވެ.