މިއަހަރު ނިމުމުގެ ކުރިން ޅ. އަތޮޅުގައި އިތުރު ދެ ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު މިނިސްޓަރ ހާޒިރުކޮށް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރު ތެރޭގައި 10 ރިސޯޓެއް ހުޅުވާނެކަން މީގެ ކުރިން ވެސް އިއުލާންކޮށްފައިވާއިރު، ޅ. އަތޮޅުގައި ދެ ރިސޯޓެއް މި އަހަރު ހުޅުވާނެ ކަަށެވެ. އެ އަތޮޅުގައި މިހާރު ވެސް 5 ރިސޯޓެއް ހިންގައެވެ.

Ad
rt

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސަގާފީ ޓޫރިޒަމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރިކައާއި ސަގާފަތް ދިރުވައި، އެކަން މަޝްހޫރުކޮށް ޓޫރިސްޓް އެޓްރެކްޝަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ވަކި ޕްލޭންތަކެއް ސަރުކާރުން މީގެ ކުރިން ވެސް ހަދާފައިވާއިރު، ތަރިކަ ރައްކާކޮށް އެއްކުރުމަށް ކައުންސިލްތަކަށް ބާރު އަޅާފައިވެއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ސަރުކާރުގެ އެ މަސައްކަތުގެ ތެރެއިން ބެލި އިރު، ޅ އަތޮޅަކީ ޓޫރިޒަމް އެންމެ ބޮޑަށް ކުރިއެރުވޭނެ ސަރަހައްދު ކަމަށެވެ. ވަކިން ހާއްސަކޮށް އޭގެ ތެރޭގައި ކުރެންދޫ ފާހަގަކުރެއްވިއެވެ.