އުރީދޫގެ ސަޕްރައިޒަކަށް ދިވެހިން ތައްޔާރުތޯ، ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ އަހައިފިއެވެ.

ނޭމާ މިހެން އަހާފައިވަނީ، މިއަދު އުރީދޫން އާއްމު ކުރި ކުރު ވީޑިއޯ ކްލިޕެއްގައެވެ. އޭނާ ތައްޔާރުހޭ އަހައިފައިވަނީ ދިވެހި ބަހުންނެވެ.

Ad
rt

އެ ވިޑީއޯ އުރީދޫގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ، ހާލިދް އަލް ހަމަދީއާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްވެސް ވަނީ ޓުވީޓާގައި ހިއްސާކުރައްވާފައެވެ.

އަށް ސުކުންތުގެ އެ ވީޑިއޯ ކްލިޕްގައި ނޭމާ ބުނަނީ "ގޭމް އޮން، ކޮބާ ތައްޔާރު؟" އެވެ. ވަކި ކަމެއް ނުބުނެއެވެ. ބެލެވޭ ގޮތުގައި މި ކަމާ ގުޅުންހުރީ މާދަމާ އޮންނަ އުރީދޫގެ ހާއްސަ ރަސްމިއްޔާތާއެވެ.

ނޭމާ އަކީ ފުޓްބޯޅަ ކުޅުންތެރިއަކަށްވުމުން މި ސަޕްރައިޒް ގުޅެނީ މިއަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑްކަޕާ ކަމަށް ގަބޫލުކުރެވެއެވެ.

އެއީ އުރީދޫ އިން ވޯލްޑްކަޕްއާ ގުޅިގެން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފައިވާތީއެވެ.

އުރީދޫ އިން ވަނީ މިއަހަރުގެ ވޯލްޑްކަޕް ދިވެހިންނަށް އުފާވެރި ދުވަސްވަރަކަށް ވާނެ ކަމުގެ ޔަގީންކަން ދީފައެވެ.